ބޮލީވުޑްގެ ތާރީޚުގައި އުފެއްދި އެންމެ މަގުބޫލު އެއް ފިލްމު ކަމަށްވާ "3 އިޑިއަޓްސް" ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން އާމިރު ޚާން ކަށަވަރުކޮށްދީފި އެވެ.
2009 ވަނަ އަހަރު ރިލީޒްކުރި މި ފިލްމަކީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދައި، ތައުލީމީ ނިޒާމާ ބެހޭގޮތުން މުހިންމު މެސެޖުތަކެއް ދިން ފިލްމެކެވެ.
އާމިރު ޚާން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ މިހާރުވެސް "3 އިޑިއަޓްސް 2" ގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އާމިރު ބުނި ގޮތުގައި ހިރާނީ އަކީ އެންމެ ފުރިހަމަ ސްކްރިޕްޓް ނުލިބެނީސް ފިލްމެއްގެ މަސައްކަތް ފަށާ މީހެއް ނޫނެވެ. ނަމަވެސް މިހާރު ފެންނަން އޮތް ޚިޔާލަކީ ވަރަށް ވަރުގަދަ އަދި ޝައުގުވެރި ޚިޔާލެއް ކަމަށް އޭނާ ފާހަގަކުރި އެވެ.
ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން އާމިރު ބުނީ، އާ ފިލްމުގައިވެސް ކުރީގެ ފިލްމުން ފެނިގެންދިޔަ މަޖާ ކަންތައްތަކާއި، އަސަރުގަދަ މަންޒަރުތައް ހިމެނޭނެ ކަމަށެވެ. ނަމަވެސް މިފަހަރުގެ ވާހަކަ ބިނާވާނީ މިހާރުގެ ޒަމާނާ ގުޅޭ ތަފާތު މައުޟޫއެއްގެ މައްޗަށް ކަމަށް އޭނާ އިޝާރާތް ކުރި އެވެ.
އޮރިޖިނަލް ތަރިން ފެންނާނެތަ؟
ފޭނުން އެންމެ ބޮޑަށް ބޭނުންވަނީ އާމިރު ޚާން (ރާންޗޯ)، އާރް މާދަވަން (ފަރްހާން) އަދި ޝަރުމަން ޖޯޝީ (ރާޖޫ) އަލުން އެކުގައި ފެނުމަށެވެ. އާމިރުގެ ވާހަކަތަކުން ދޭހަވާ ގޮތުގައި މި ތިން ތަރިންވެސް މި ޕްރޮޖެކްޓާ މެދު ތިބީ ވަރަށް ފޯރީގަ އެވެ. މީގެ ކުރިން މި ތިން ތަރިން އެކުގައި ކުޅެފައިވާ އިޝްތިހާރަކުންވެސް ސީކުއަލްއެއްގެ އިޝާރާތްތަކެއް ވަނީ ލިބިފަ އެވެ.
"3 އިޑިއަޓްސް" އަކީ ބޮލީވުޑްގައި 200 ކްރޯޑްގެ އާމްދަނީއެއް އެންމެ ފުރަތަމަ ހޯދި ފިލްމެވެ. މި ފިލްމުގެ ދެވަނަ ބައެއް އަންނަ ވާހަކައަކީ މުޅި އިންޑިއާގެ އިތުރުން ދިވެހި ސިނަމާގެ ފޭނުންނަށްވެސް ލިބޭނެ ވަރަށް އުފާވެރި ޚަބަރެކެވެ.
ރައީސް މުއިއްޒުގެ ދެކަނބަލުން ސްރީލަންކާއަށް ފުރާވަޑައިގެންފި
ކަނޑުއޮޅީގައި އޮތް ބޯޓުތަށް ސަލާމަތްކުރަން އެމެރިކާ ނުކުންނަނީ
ބީއެމްއެލްގެ އެހީގައި ސްކޫލެއްގައި ޑިޖިޓަލް ސްޓޫޑިއޯއެއް ހުޅުވައި