އިދިިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅީ، ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޕެއިން ޓީމުން ނޫންކަމަށް އެ ޓީމުން މިރޭ ބުނެފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ޓައިމްލައިން ބާތިލްކުރަން ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.
އެކަމާ ގުޅިގެން މިއަދު ދެއްވި ވީޑިއޯ ބަޔާނެއްގައި ނަޝީދުގެ ވާދަވެރި ކެންޑިޑޭޓް މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ ކޯޓު މެދުވެރިކޮށް ޕާޓީގެ އަގު ވައްޓާނުލުމަށް ވާދަވެރި ޓީމަށް ގޮވާލާ ކަމަށެވެ.
އެ ތުހުމަތުތަކާ ގުޅިގެން ނަޝީދުގެ ކެންޕެއިންގެ ތަރުޖަމާނު އަބްދުﷲ ވަހީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކޯޓަށް މައްސަލަ ހުށަހެޅީ އެ ކެމްޕެއިންގެ ފަރާތުން ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ.
"މިފަދަ ދޮގު ހަބަރުތައް ފެތުރުމަކީ ޕާޓީގެ އެތެރޭގެ އިންތިޚާބަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއް. އަދި ޕާޓީގެ އެތެރޭގެ މަސްލަހަތަށް ހިޔަނި އެޅޭނެ ކަމެއް.ކެންޕޭނުގެ ފަރާތުން އެދެނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުސަތު ޕާޓީގެ އާންމު މެންބަރުންނަށް ލިބުން. ޕާޓީގެ މަގާމުތަކާއި ނިންމުންތަކަށް އިތުބާރާއި ޔަގީންކަން އަދި ސައްހަކަން ލިބޭނީ އިންތިހާބުތަކުން،" ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ނަޝީދުގެ ކެމްޕޭން ޓީމުން ހިންގާ ހަރަކާތްތަކާއި، ނިންމާ ނިންމުންތަކާއި އަޅާ ފިޔަވަޅުތައް ގަވާއިދުން ހާމަކުރަމުން ދާނެ ކަމަށެވެ.
ގަދަ ހޫނުގެ ސަބަބުން ހޯމޯންތަކަށް ބަދަލު އާދޭތަ؟
ޒޭންގެ އެމެރިކާ ޓުއާ ވެސް ކެންސަލް ކޮށްފި
މާލޭގެ މަގު ހެދުން ލަސްވަނީ ޗައިނާގެ ސަބަބުން: މުއްތޮލިބު
