ބީއެމްއެލް އިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ހިއްސާގެ ބާޒާރަށް ނުކުންނަން މަސައްކަތް ފަށާފައިވާ ކަމަށް ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ ބައިނަލްއަގުވާމީ ނޫސް، ބްލޫމް ބާގް އިން ރިޕޯޓްކޮށްފި އެވެ.
ބީއެމްއެލްގެ ޑިރެކްޓަ ފޯ ފައިނޭޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިން އަބްދުﷲ ހަސަން ބްލޫމްބާގަށް ވިދާޅުވި ގޮތުގައި އޭޝިއާ އާއި މެދުއިރުމައްޗާއި ޔޫރަަޕްގެ ފަންޑް މެނޭޖަރުންނާ އެކު ބީއެމްއެލް އިން ބައްދަލުވުންތައް ބާއްވަމުން އަންނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކަށް ޝައުގުވެރިކަން ހުރި ގޮތެއް ބަލާށެވެ.
އަބްދުﷲ ހަސަން ވިދާޅުވީ ބީއެމްއެލް އިން 300 މިލިއަން ޑޮލަރުގެ ސުކޫކް ވިއްކާނީ ދިވެހި ސަރުކާރުން ދޭ ގެެރެންޓީއާ އެކުގައި ކަމަށެވެ. އެކަަމަށް ބާއްވަން ޖެހޭ ބައްދަލުވުންތައް ބާއްވަން ބީއެމްއެލް އަށް އެހީތެރިވެދެނީ ދުބާއީގައި މަރުކަޒުކޮށްފައިވާ މަޝްރިގް ބޭންކް ޕީއެސްސީ އިން ކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ގިނަ އަދަދެއްގެ ފައިސާ ދޫކުރާ ބޭންކެކެވެ. ބީއެމްއެލުން ވަނީ މިދިޔަ އަހަރު ރެކޯޑު މާލީ ނަތީޖާއެއް ހާސިލް ކޮށްފަ އެވެ. އެ އަހަރު އެ ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި ހިދުމަތްތައް ފުޅާކުރުމަށް ކުރި މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާ އެކެވެ.މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބީއެމްއެލަށް ލިބިފައި ވެ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 ޕަސެންޓުގެ ކުރިއެރުމެކެވެ.
އީރާން ދުނިޔޭގެ ޗާޓުން ފޮހެލާނެކަމުގެ އިންޒާރު ޓްރަމްޕް ދީފި
އީޝާ ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފި
ވަރުގަދަ އިންޒާރުތަކަށްފަހު އަނެއްކާވެސް ޓްރަމްޕް ފަސްޖެހިއްޖެ
