ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފި އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ނެރުނީ ހ. ގުންޒަރު ނަމަކަށް ކިޔާ ގެއެއް 90 ދުވަހަށް ބަންދުކުރުމުގެ އަމުރެކެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހާއެކު އެފަދަ ތަންތަން ތިން މަސް ދުވަހަށް ބަންދުކުރުމުގެ ބާރު ފުލުހުންނަށް ދީފައިވެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ފާތިހު ވިދާޅުވީ ޑްރަގް އައްޑާގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަންތަން މިހާރު މަދުވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް އެފަދަ 11 ތަނެއް ބަންދުކޮށްފައިވެ އެވެ.
ޑްރަގްގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވަން ކުރާ މަސައްކަތުގެ ދަށުން ހަ ގެއެއްގެ ވެރިންނަށް ދައުވާކޮށް، ޝަރީއަތްތައް ކުރިއަށްދާ ކަމަށް ވެސް ފުލުހުން ވަނީ މީގެކުރިން ބުނެފަ އެވެ.
އެމެރިކާގައި މޭވާ ރަހަތަކުގެ ވޭޕް ވިއްކުމުގެ ހުއްދަ ދީފި
މެޓް ގާލާ: ބައިވެރިންނަށް މަނާ ކުރެވިފައިވާ 8 ކަމެއް!
ބޭނުންނުކުރާ ނޫޓުން ކްރާފްޓް ހެދުމުގެ މުބާރާތެއް ބާއްވަނީ
