އުމުރުން ދުވަސްވުމުން ކުރިމަތިވާ އެންމެ ބޮޑު އެއް ސިއްހީ މައްސަލައަކީ ހަނދާން ނެތޭ ބަލި ނުވަތަ ޑިމެންޝިއާ އެވެ. ނަމަވެސް، ދާދި ފަހުން ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، އަޅުގަނޑުމެން ކާބޯތަކެތި ބޭނުންކުރާ ގޮތަށް ގެންނަ ބަދަލެއްގެ ސަބަބުން މި ބަލީގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަކުރެވިދާނެ އެވެ.
ދިރާސާގެ ހޯދުންތައް ދައްކާ ގޮތުގައި، ގިނަ އަދަދަކަށް ތަރުކާރީ، މޭވާ، މުގުގެ ބާވަތްތައް، އަދި ބަދަން ހިމެނޭ "ޕްލާންޓް ބޭސްޑް" ޑައިޓެއް ގެންގުޅޭ މީހުންގެ ސިކުނޑީގެ މަސައްކަތްތައް ހުންނަނީ މާ ދުޅަހެޔޮކޮށެވެ.
މިފަދަ ކާނާ ބޭނުންކުރާ މީހުންނަށް ޑިމެންޝިއާ ޖެހުމުގެ ފުރުސަތު، މަސްގިނައިން ކާ މީހުންނާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުޑަވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
ސިކުނޑިއަށް ފައިދާވަނީ ކިހިނެއް؟
ގަސްގަހާގެހިން ލިބޭ ކާނާގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓްސްއާއި ފައިބެ ހިމެނެ އެވެ. މީގެ ސަބަބުން:
- ސިކުނޑީގެ ދުޅަވުން ކުޑަކޮށްދޭ: ދިރާސާވެރިން ބުނާގޮތުގައި ސިކުނޑި ދުޅަވުމަކީ ހަނދާން ނެތޭ ބަލި ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބެކެވެ.
- ލޭ ދައުރުވުން ރަނގަޅުކޮށްދޭ: މިއީ ސިކުނޑީގެ ސެލްތަކަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ.
- ކޮލެސްޓްރޯލް ދަށްކޮށްދޭ: މީގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަވެ، ސިކުނޑީގެ ސިއްހަތު ސަލާމަތްވެ އެވެ.
ސިއްހީ މާހިރުން ލަފާދެނީ، ހަނދާން ނެތޭ ބަލިން ރައްކާތެރިވުމަށްޓަކައި މާދަމާގެ އިންތިޒާރުގައި ނުތިބެ، މިއަދުން މިއަދަށްވެސް ކެއުމުގެ އާދަތަކަށް ބަދަލު ގެނައުމަށެވެ.
މަހާއި ކިރުގެ ބާވަތްތައް މަދުކޮށް، ގުދުރަތީ ތަރުކާރީ އާއި މޭވާ އިތުރުކުރުމަކީ އުމުރުން ދުވަސްވާއިރު ސިކުނޑީގެ ހަމަޖެހުމާއި ހަނދާން ގަދަކަން ދެމެހެއްޓުމަށް އޮތް އެންމެ ފަސޭހަ މަގެވެ.
އީރާނަށް ހަމަލާދޭން ފެށުމާ ގުޅޭގޮތުން ޓްރަމްޕް މަޝްވަރާކުރަނީ
ތި ގެންގުޅޭ ފޯނަކީ ޖަރާސީމުގެ "ހާއްޔެއް"!