ނޫސްވެރިންގެ ދިފާއުގައި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ ނަޝީދާއި ސޯލިހާއެކު މަސައްކަތް ކުރައްވަން ނިންމީ އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރު ޖަލަށްލާފައިވާތީ ކަމަށެވެ.
ޔާމީން ހިމެނޭހެން ކުރީގެ ހުރިހާ ރައީސުން އެކުގައި މަސައްކަތްކުރަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވަނީ ގޮވާލައްވާފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒު ވިދާޅުވީ އެއީ ނަޝީދާއި ޔާމީން އަދި ސޯލިހު އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށެވެ.
މިކަމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ކުރާ އިހުތިޖާޖަށް މިރޭ އެމަނިކުފާނު ވެސް މަގުމައްޗަށް ނިކުންނަވާނެ ކަމަށެވެ.
ސައުދީއިން ވެސް އީރާނަށް ސިއްރު ހަމަލާދިން: ރިޕޯޓް
"މިއީ ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒުފޯރުވާކަމުގެ ހެއްކެއް"
މާލެ ސަރަހައްދުން ދެ މީހަކަށް ހިމަބިހި ޖެހިއްޖެ
