އަރާމު ނިންޖަކީ ދުޅަހެޔޮ ސިއްހަތެއްގެ ބިންގަލެވެ. ނަމަވެސް ގިނަ ފަހަރަށް އަވަހަށް ނިދަން އޮށޯތަސް، ފުން ނިންޖެއް ނުލިބި ހޭލަން ޖެހުމަކީ ގިނަ ބައެއްގެ ޝަކުވާ އެކެވެ.
ކަމުގެ މާހިރު ވިދާޅުވާ ގޮތުގައި، ރޭގަނޑު 10 ޖަހާއިރު ނިދަން އާދަކުރުމަކީ ހަށިގަނޑުގެ ގުދުރަތީ ގަޑި (ސާކޭޑިއަން ރިދަމް)އާ އެންމެ ގުޅޭ ވަގުތެވެ.
ނިދީގެ އާދަތައް ރަނގަޅުކޮށް، ހެނދުނު ތާޒާކަމާއެކު ހޭލުމަށްޓަކައި ޑޮކްޓަރުން ހިއްސާކުރާ ވަރަށް މުހިއްމު ދެ އުސޫލެއްވެ އެވެ.
1. "10-3-2-1-0" އުސޫލަށް އަމަލުކުރުން
މިއީ ނިދުމުގެ ކުރިން ހަށިގަނޑު ތައްޔާރުކުރުމަށްޓަކައި އެކުލަވާލާފައިވާ ވަރަށް ފައިދާހުރި "ކައުންޓްޑައުން" އެކެވެ
10 ގަޑިއިރު ކުރިން: ނިދުމުގެ 10 ގަޑިއިރު ކުރިން ކެފެއިން (ކޮފީ، ސައި، އެނާޖީ ޑްރިންކްސް) ބުއިން ހުއްޓާލާށެވެ. މިއީ ހަށިގަނޑުން ކެފެއިންގެ އަސަރު މުޅިން ފިލައިދާން ނަގާ ވަގުތެވެ
3 ގަޑިއިރު ކުރިން: ނިދުމުގެ 3 ގަޑިއިރު ކުރިން ކެއުމާއި ބުއިން ހުއްޓާލާށެވެ. މީގެ ސަބަބުން ނިދާއިރު ބަނޑު ހަރުވުމާއި އެސިޑް ރިފްލަކްސް ފަދަ މައްސަލަތަކުން ސަލާމަތްވެ، ހަށިގަނޑަށް އަރާމުކުރަން ފުރުސަތު ލިބެއެވެ
2 ގަޑިއިރު ކުރިން: ނިދުމުގެ 2 ގަޑިއިރު ކުރިން ހުރިހާ މަސައްކަތެއް ކުރުން ހުއްޓާލާށެވެ. އޮފީސް މަސައްކަތް ނުވަތަ ސިކުނޑިއަށް ބާރުބޮޑުވާ ކަންކަމުން ދުރުވެ، ސިކުނޑި ހަމަޖައްސާލަން ވަގުތު ދޭށެވެ
1 ގަޑިއިރު ކުރިން: ނިދުމުގެ 1 ގަޑިއިރު ކުރިން ފޯނު، ޓީވީ، އަދި ލެޕްޓޮޕް ފަދަ ސްކްރީންތަކާ ދުރުވާށެވެ. މި ތަކެތިން ނުކުންނަ ނޫއައްޔަކީ ނިދުމަށް އެހީތެރިވާ "މެލަޓޯނިން" ހޯމޯން އުފެއްދުމަށް ހުރަސްއަޅާ އެއްޗެކެވެ
0 ގަޑިއިރު ކުރިން: ނިދަން އޮށޯތުމަށްފަހު ފާއިތުވެދިޔަ ދުވަހަށް އަލިއަޅުވާލައި ކުރިއަށް އޮތް ދުވަހާމެދު ވިސްނާލާށެވެ. އެއާއެކު ނިދުމުގެ ކުރިން ކިޔާ ދުއާތަކާއި ޒިކުރުތައް ވެސް ކިޔާށެވެ.
2. ކޮންމެ ދުވަހަކު އެއް ވަގުތެއްގައި ހޭލުން
ނިދީގެ ފެންވަރު ރަނގަޅު ކުރުމަށް އޮތް އެންމެ ބޮޑު ސިއްރަކީ ކޮންސިސްޓެންސީ ނުވަތަ އެއްގޮތަކަށް ކަންކަން ބެހެއްޓުމެވެ
ޑޮކްޓަރުން އިރުޝާދު ދެނީ ހަފްތާ ބަންދު ދުވަސްތަކުގައިވެސް އެހެން ދުވަސްތަކެކޭ އެއްގޮތަށް އެއް ގަޑިއަކަށް ހޭލުމަށެވެ. މީގެ ސަބަބުން ހަށިގަނޑުގެ ގަޑި އެއްގޮތެއްގައި ހުރެ ރޭގަނޑު 10 ޖަހާއިރު އަމިއްލައަށް ނިދި އަންނަ ގޮތްވެ އެވެ
ބަންދު ދުވަހު މާ ގިނައިރު ނިދުމަކީ "ސޯޝަލް ޖެޓްލެގް" ކުރިމަތިވެ، އަނެއް ދުވަހު ނިދަން އުނދަގޫވާނެ ކަމެކެވެ.
ރޭގަނޑު 10 ޖަހާއިރު ނިދުމަކީ ހަށިގަނޑުގެ "މަރާމާތަށް" އެންމެ މުހިއްމު ވަގުތެވެ. މަތީގައިވާ ދެ އުސޫލަށް މަދުވެގެން ދެ ހަފްތާ ވަންދެން އަމަލުކޮށްފިނަމަ، ތިބާގެ ނިދީގެ ފެންވަރަށް ބޮޑު ބަދަލެއް އަންނާނެ އެވެ. .
30 މުވައްޒަފުންނާއެކު ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި
އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް، ޔޫއޭއީއަށް ތޯރިގު
"ބޮޑު އީދަށް ރިސޯޓަށް" ފުރަތަމަ ނަސީބުވެރިޔާ އިއުލާންކޮށްފި