މާލެ ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ ޗެއާމަން ޝަމްހޫޒާ އަހުމަދު އެ މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
އެ ބޯޑުން ބުނި ގޮތުގައި ޝަމްހޫޒާ އަހުމަދު މިއަދުން ފެށިގެން ވަނީ އެމްޑަބްލިއުއެސްސީގެ ޗެއާމަންކަމުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން ވެސް ވަކިކޮށްފަ އެވެ.
ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެ އެވެ.
ޝަމްހޫޒާ މަގާމުން ވަކިކޮށްފައި މިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށް ބުނެ އެކި ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން ބަދަލުތައް ގެންނަމުންދާ ދަނޑިވަޅުގަ އެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަބްދުލް މަތީން މުހައްމަދު އިސްތިއުފާ ވެސް ދެއްވި އެވެ. އެއާއެކު އެ މަގާމަށް މިހާރު ވަނީ ހުސެއިން ފަހުމީ އައްޔަން ކުރައްވާފަ އެވެ.
އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑަށް ބޭނުންވާ ކާނާ ބަދަލުވޭ!
ފަތުރުވެރިން ޑައިވިނަށް ދިޔަ އުޅަނދުގެ ލައިސަންސް ހިފަހައްޓައިފި
ސިފައިންގެ ޑައިވަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި މިރޭ