އަނަންޔާ ޕާންޑޭއާއި ލަކްޝްޔާ ލީޑް ރޯލުން ފެނިގެންދާ އާ ބޮލީވުޑް ފިލްމު "ޗާންދު މޭރާ ދިލް" ސިނަމާ ތަކަށް އައިސްފި އެވެ. ގިނަ ދުވަސްތަކެއް ވަންދެން ބެލުންތެރިން އިންތިޒާރުކުރަމުން އައި، ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއިން އުފައްދާފައިވާ މި ރޮމޭންޓިކް ޑްރާމާ ރިލީޒްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.އެވެ.
ފިލްމުގެ ވިޔަފާރިއަށް ބަލާއިރު، ބޮކްސް އޮފީހުގައި މި ފިލްމު ފެށިފައިވަނީ ވަރަށް މަޑު ދުވެއްޔެއްގަ އެވެ. ޓްރޭޑް ޓްރެކިން ވެބްސައިޓް ސެކްނިލްކްއިން ރިޕޯޓްކުރާ ގޮތުގައި، މި ފިލްމަށް އިންޑިއާގެ ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު ލިބިފައިވަނީ ގާތްގަނޑަކަށް 2.90 ކްރޯޑް ރުޕީސް އެވެ.
އާއްމުކޮށް ބޮޑު ބެނާއެއްގެ ފިލްމަކަށް ލިބޭ މިންވަރަށްވުރެ މި ފިލްމަށް ލިބުނު ފުރަތަމަ ދުވަހުގެ އާމްދަނީ، ދަށެވެ. ނަމަވެސް، މީގެ ކުރިން ރިލީޒްވި ޖުނައިދު ހާންއާއި ސައީ ޕައްލަވީގެ "އޭކް ދިން" އަށްވުރެ މި ފިލްމުގެ ފެށުން ރަނގަޅުކަން ފާހަގަކުރެވެ އެވެ. "އޭކް ދިން" އަށް ފުރަތަމަ ދުވަހު ލިބިފައިވަނީ 1.15 ކްރޯޑް ރުޕީސްއެ ވެ.
ނަމަވެސް، އަނަންޔާ ޕާންޑޭގެ ފަހުގެ ކާމިޔާބު ފިލްމު "ތޫ މޭރީ މޭން ތޭރާ"އަށް ލިބުނު 7.75 ކްރޯޑް ރުޕީސްގެ ފެށުމާ އަޅާބަލާއިރު "ޗާންދު މޭރާ ދިލް"ގެ ފުރަތަމަ ދުވަހުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށެވެ.
ފިލްމަށް ފާޑުކިޔުންތެރިންނާއި އާންމުންގެ ފަރާތުން ލިބެމުން ދަނީ މަސްހުނި ހިޔާލު ތަކެކެވެ. ފިލްމުގެ ކާމިޔާބީ މިހާރު މުޅިން ބަރޯސާ ވެފައިވަނީ ކުރިއަށް އޮތް ހަފުތާ ބަންދުގެ ވިޔަފާރިއާއި، ފިލްމު ބަލާ މީހުންގެ ރިވިއުތަކުގެ މައްޗަށެވެ.
ވިވެކް ސޯނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ހައިދަރުއާބާދުގެ ކޮލެޖެއްގައި ބައްދަލުވާ ޗާންދުނީ (އަނަންޔާ) އާއި އާރަވް (ލަކްޝްޔާ) ގެ ލޯބީގެ ވާހަކަ އެކެވެ.
ދެމީހުން ކައިވެނިކުރި ނަމަވެސް ދިރިއުޅުމުގެ ތެރޭގައި ދިމާވާ މައްސަލަތަކާއި ރުޅިވެރިކަމުގެ ސަބަބުން އެމީހުންގެ ގުޅުމަށް ބުރޫއަރަ އެވެ.
ޚާއްސަކޮށް އާރަވްގެ ފަރާތުން ފެންނަ ރުޅިވެރި ކަމުގެ އަމަލުތަކަކީ މި ފިލްމުގެ މައިގަނޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.
އުމުރުން ދުވަސްވާ ވަރަކަށް އަވަސް އަވަހަށް ކުޑަކަމު ދެެވޭތަ؟
މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސްއަށް ދުނިޔޭގެ ރެކޯޑެއް!
މާލެ އާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑިއްޖެ