ޓެނިސް ބޫޓު ކިބައެއްގެ ތެރޭ ފޮރުވާފައި ހުރި މަސްތުވާތަކެތި ޕެކެޓުތަކާއެކު، ރާއްޖެ އައި އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މަސްތުވާތަކެއްޗާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ، އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.
އަމުރުގައިވާ ގޮތުން، އެ މީހާގެ ފޮށި ބަލައި ފާސްކުރިއިރު، އެ މީހާގެ ފޮށިން ނެގި ކޮތަޅެއްގެ ތެރޭ އޮތް ބޫޓު ކިބައެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ދެ ޕެކެޓު ވަނީ ފެނިފަ އެވެ.
އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްސީއަށް ފައްސިކަމަށް، ބަންދު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
ދައުލަތުގެ ފަރާތުން މި މައްސަލައިގައި ވަކީލެއްގެ ފުރުސަތަކަށް އެދިފައިވާތީ، ކްރިމިނަލް ކޯޓުން ވަނީ އެ މީހާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފަ އެވެ.
ލަކްޝްއާއި އަނަންޔާގެ "ޗާންދު މޭރާ ދިލް"އަށް މަޑު ފެށުމެއް!
ހުރިހާ އާރްޓީއައިތަކަށް ޖަވާބުވާނީ ދީފައި: މުންދު
"ކަރަންޓު ކެނޑުނީ އަޕްގްރޭޑަށް ފަހު ޖަނަރޭޓަރުތައް ހުއްޓިގެން"