ބޮލީވުޑްގެ މުއްސަނދިކަން ދޫކޮށް، ދީނީ ހިދާޔަތުގެ މަގު އިހްތިޔާރުކުރި ކުރީގެ މަޝްހޫރު ބަތަލާ ސަނާ ޚާން އާއި އޭނާގެ ފިރިމީހާ މުފްތީ އަނަސް ސައްޔިދު، މިއަހަރުގެ (2026) ޙައްޖުގެ މުގައްދަސް އަޅުކަން އަދާ ކުރަމުން އެބަދެ އެވެ.
ޝޯބިޒް ދުނިޔެއަށް އަލްވަދާއު ކިޔުމަށްފަހު، ސަނާ އާއި އަނަސް އަންނަނީ ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ބަޔަކަށް ނަމޫނާ ދައްކަމުންނެވެ.
އެގޮތުން މިއަހަރުގެ ޙައްޖުގެ މޫސުމާ ދިމާކޮށް އެ ދެމަފިރިން މި އަދާކުރާ އަޅުކަމަކީ އެމީހުންގެ ދިރިއުޅުމުގެ ރޫހާނީ ދަތުރުގެ ވަރަށް މުހިންމު ބައެކެވެ.
މައްކާއަށް ދިއުމުގެ ކުރިން ސަނާ ޚާން ވަނީ އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް، ހައްޖު ދަތުރަށް ދަބަސް ތައްޔާރުކުރާނެ ގޮތުގެ ހާއްސަ ގައިޑެއް ފޭނުންނާ ހިއްސާކޮށްފަ އެވެ. އޭނާ ބުނިގޮތުގައި ހައްޖުގެ އަޅުކަމަކީ ހަށިގަނޑަށް ބުރަ، އެހެން ނަމަވެސް ހިތަށް އެންމެ ބޮޑު ހަމަޖެހުމެއް ލިބޭނެ ދަތުރެވެ.
"މިއީ ކޮންމެ މުސްލިމަކުވެސް އެންމެ ދެކެން ބޭނުންވާނެ ދުވަސް. މާތްﷲ ގެ ރަޙްމަތްފުޅުން މިއަހަރުވެސް މި މުޤައްދަސް ބިމަށް ދިއުމުގެ ތައުފީގު ލިބުމަކީ ބޮޑު ނަސީބެއް،" ސަނާ އޭނާގެ އިޙްސާސްތައް ހިއްސާކުރަމުން ބުންޏެވެ.
ބުއިޙްރާމް ބަނދެގެން، މާތްވެގެންވާ ކަޢުބަތުﷲ ގެފުޅަށް ދިއުމަށް ސަނާ އާއި މުފްތީ އަނަސް ފުރި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، ދުނިޔޭގެ އެކި ކޮޅުތަކުން ގިނަ މީހުން އަންނަނީ އެ ދެމަފިރިންނަށް ތަހުނިޔާ އާއި ހެޔޮ ދުއާ ފޮނުވަމުންނެވެ.
2020 ވަނަ އަހަރު ދީނަށްޓަކައި މުޅި ކެރިއަރު ގުރުބާން ކުރުމަށްފަހު، ސަނާ ދިރިއުޅުން ބަދަލުކުރި ގޮތް ފެނިފައި ގިނަ ބަޔަކު އޭނާއަށް ނުހަނު ތައުރީފުކުރެ އެވެ.
52 ވަނަ އެމެރިކަން މިއުޒިކް އެވޯޑްސް ބާއްވައިފި
ޖޭމްސް ބޮންޑްގެ ރޯލުން އިދްރިސް އެލްބާ ފެނިދާނެތަ؟