ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި ވަރުގަދަ އެއް ސުޕަސްޓާރު ކަމަށްވާ ރަންވީރު ސިންގްއާ ދެކޮޅަށް، އިންޑިއާގެ ފިލްމީ މަސައްކަތްތެރިންގެ އެންމެ ބޮޑު ޔޫނިއަން "ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް" (ފްވައިސް) އިން ވަރުގަދަ "ނޮން-ކޯޕަރޭޝަން ޑިރެކްޓިވް" (އެއްބާރުލުން ނުދިނުމުގެ އަމުރެއް) ނެރެ، އޭނާ ބޮއިކޮޓް ކުރުމަށް ގޮވާލައިފި އެވެ.
މި ނިންމުމާއެކު ބޮލީވުޑްގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
މި ބޮޑު ހަމަނުޖެހުން އުފެދެން ދިމާވީ މަޝްހޫރު ޑައިރެކްޓަރު ފަރްހާން އަހްތަރު އުފައްދާ އެންމެ އުންމީދީ ފިލްމު ޑޮން 3 އިން ރަންވީރު ސިންގް ކުއްލި ގޮތަކަށް ވަކިވުމާ ގުޅިގެންނެވެ.
އަމީތާބް ބައްޗަން އަދި ޝާހްރުކް ޚާންގެ ފަހުން، ޑޮންގެ ރޯލަށް ރަންވީރު ވަނީ ރަސްމީކޮށް އިޢުލާން ކޮށްފަ އެވެ. ނަމަވެސް، ފިލްމުގެ ޝޫޓިންގް ފެށެން އެންމެ ތިން ހަފުތާއަށް ވެފައި ވަނިކޮށް ރަންވީރު ވަނީ ކްރިއޭޓިވް ހިޔާލުތަފާތުވުންތަކާ ހުރެ ފިލްމުން ވަކިވެފަ
ފަރްހާން އަހްތަރުގެ "އެކްސެލް އެންޓަޓެއިންމަންޓް" އިން ފްވައިސްއަށް ހުށަހެޅި ޝަކުވާގައިވާ ގޮތުން، ރަންވީރުގެ މި ކުއްލި ނިންމުމުގެ ސަބަބުން ފިލްމުގެ ޕްރީ-ޕްރޮޑަކްޝަނާއި، ސެޓުތަކާއި، ލޮކޭޝަން ބުކިންގްސްތަކަށް ހަރަދުވި 45 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 5.4 މިލިއަން ޑޮލަރު) ބޭކާރުވެ، ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ.
ފްވައިސްގެ ރައީސް އަޝޯކް ޕަންޑިތު ވިދާޅުވި ގޮތުގައި، މި މައްސަލަ ވާހަކަ ދައްކައިގެން ހައްލުކުރުމަށް ރަންވީރަށް ތިން ފަހަރު ނޯޓިސް ފޮނުވުނެވެ. ނަމަވެސް އޭނާ އެއަށް އެއްވެސް ޖަވާބެއް ނުދިނުމުން، ޔޫނިއަނުން ރަސްމީކޮށް އޭނާއާ ބޮއިކޮޓް އިޢުލާންކުރީ އެވެ.
ފްވައިސްއަކީ ބޮލީވުޑްގެ ލައިޓް ބޯއީސް، މޭކަޕް އާޓިސްޓުން، ކެމެރާމަނުން އަދި ޓެކްނީޝަނުން ހިމެނޭގޮތަށް 5,000 އަށްވުރެ ގިނަ މެންބަރުން ތިބޭ އެންމެ ބޮޑު ޖަމްޢިއްޔާއެވެ. އެހެންކަމުން، މި އަމުރުގެ ދަށުން އެއްވެސް މަސައްކަތްތެރިއަކު ރަންވީރުގެ ފިލްމެއްގައާއި އިޝްތިހާރެއްގައި މަސައްކަތެއް ނުކުރާނެއެވެ.
ނަމަވެސް، ޤާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި މިއީ "ހާޑް ބޭން" އެއް ނޫނެވެ. އިންޑިއާގެ ކޮމްޕެޓިޝަން ކޮމިޝަން (ސީސީއައި) ގެ ގާނޫނުތައް ބުނާގޮތުން، ޔޫނިއަނަކަށް އެއްވެސް މަސައްކަތްތެރިއަކަށް މަސައްކަތް ނުކުރުމަށް މަޖުބޫރެއް ނުކުރެވޭނެ އެވެ.
އެހެން ކަމުން ރަންވީރަށް ބޭނުންނަމަ މުމްބާއީން ބޭރުގެ ޔޫނިއަންތަކުގެ ކްރޫން ބޭނުންކޮށްގެން ފިލްމުތައް ކުރިއަށް ގެންދެވިދާނެ އެވެ.
ހައްޖު ދުވަހުގެ ސަވާބާއި ދަރުމަ ހޯދަން ކުރެވިދާނެ 10 ކަމެއް!
ހައްޖު ދުވަހުގެ މާތްކަން ހާމަވާ 10 ކަމެއް!
އީދު ބޮނޑިބަތުގެ ސަގާފަތް ފެށިގެން އައީ ކިހިނެއް؟