ތެހްރާން (07 މެއި) - އިޒްރޭލާ ދެކޮޅަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ބައިނަލްއަގްވާމީ ޒިންމާއެއް ކަމަށް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
އީޒްރޭލުގެ އަމަލުތަކަކީ ޓެރަރިސްޓު އަމަލުތަކެއްގެ ގޮތުގައި ސިފަ ކުރައްވަމުން އޭނާ ވަނީ އިޒްރޭލާ ދެކޮޅަށް ނުކުތުމަށް މުސްލިމް ހުރިހާ ގައުމުތަކަށް ގޮވާލާފަ އެވެ.
އީރާނުގެ އަހަރީ ގުދުސް ދުވަހުގެ މުނާސަބަތުގައި ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ޚާމަނާއީ ވިދާޅުވީ މުސްލިމް ގައުމުތަކުން އެއްގަލަކަށް އަރާ އަތުކުރި އޮޅާލުމަކީ އިޒްރޭލުގެ ޒައަނިސްޓުންނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ގުދުސް ދުވަހަކީ އީރާނުން އިސްނަގައިގެން އިޒްރޭލުގެ ޒައަނިސްޓުންނާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ފަލަސްތީން ރައްޔިތުންނަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ދުވަހު ފާހަގަކުރާ ދުވަހެކެވެ.
ކޮވިޑް-19 ޕެންޑަމިކްގެ ސަބަބުން މި ދުވަހުގެ ގިނަ ހަރަކާތްތަކެއް ކެންސަލް ކުރަން ޖެހުނު ނަމަވެސް އީރާނުގެ ރައްޔިތުން ވަނީ ވެރިރަށް ތެހްރާންގެ މަގުތަކަށް ނުކުމެ އިޒްރޭލާ ދެކޮޅު ޝުއޫރު ފާޅުކޮށްފަ އެވެ. --ރޮއިޓާސް