ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެ މުއައްސަސާގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އައު އޮނިގަނޑަށް އަމަލުކުރަން ފަށާފައި ވަނީ އިއްޔެ އެވެ.
މި ބަދަލުތަކަކީ ފުލުހުންގެ ޚިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި ގެނެވުނު ބަދަލުތަކެއް ކަމަށް ފުލުހުން ބުންޏެވެ. އަދި މި ބަދަލުތަކާ ގުޅިގެން އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާ އޮނިގަނޑުގައި ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތަކަކީ:
- އޮފީސް އޮފް ދަ ކޮމިޝަނާނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް
- ޕްރޮފެޝަނަލް ސްޓެންޑަޑްސްނޭޝަނަލް އިންޓެލިޖެންސް ސާވިސް
- އިންޓާނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
- ފޮރެންސިކް ސާވިސަސް
- ސެންޓްރަލް އިންވެސްޓިގޭޝަންސް
- މާލޭ ޕޮލިސް
- ހުޅުމާލޭ ޕޮލިސް
- ނޮދަން ޕޮލިސް
- ސަދަން ޕޮލިސް
- ސާވިސް ޑިވެލޮޕްމަންޓް
- ސާވިސް ސަޕޯޓް
- ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ
މި އޮނިގަނޑު ފަރުމާކޮށްފައި ވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.
ދުންފަތުގެ ޑިއުޓީއާ ގުޅިގެން ޔޫޓާނެއް ނުނަގަން: ރައީސް
ކޭންސް 2026: އަައިޝްވާރްޔާގެ ދިފާއުގައި މާދޫރީ ނުކުމެއްޖެ
މަޖިލީހުގެ ނައިބު ރައީސަކަށް ސަލީމް