މިހާރު ހިންދީ ސިނަމާއާއި ސަރަހައްދީ ސިނަމާތަކުގެ ދެމެދުގައި އޮތް ފަރަގު ކުޑަވެފައިވާ ކަމަށާއި، އޭނާ މަސައްކަތް ކުރަމުންދަނީ ވަކި ބަހެއްގެ ފިލްމުތަކެއްގައި ނޫން ކަމަށާއި، ބަދަލުގައި މަސައްކަތް ކުރަނީ "އިންޑިއަން ސިނަމާ ގައި ކަމަށް މަޝްހޫރު އެކްޓަރު ރާމް ޗަރަން ބުނެފި އެވެ.
"އާރް.އާރް.އާރް"އަށްފަހު މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ރާމް ޗަރަން، އޭނާގެ ކުރިއަށް އޮތް ފިލްމު "ގޭމް ޗޭންޖާ"ގެ ޕްރޮމޯޝަން ހަރަކާތެއްގެ ތެރެއިން މީޑިއާތަކާ ވާހަކަ ދައްކަމުން ބުނީ ކުރިއާ އަޅާބަލާއިރު މިހާރު އިންޑިއާގެ ފިލްމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އެއާއެކު ބެލުންތެރިން މިހާރު ފިލްމުތައް ބަލައިގަންނަނީ ވަކި ބަހަކަށް ނުވަތަ ވަކި ސަރަހައްދަކަށް ބަލައިގެން ނޫން ކަމަށް އޭނާ ފާހަގަކުރި އެވެ.
ހިންދީ ފިލްމުތަކުން ފެނުމާ ބެހޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ރާމް ޗަރަން ބުނީ، އޭނާ ހަމައެކަނި ބޮލީވުޑް ނުވަތަ ޓޮލީވުޑް ފަދަ ވަކި އިންޑަސްޓްރީއަކަށް ހާއްސަވާން ބޭނުންނުވާ ކަމަށެވެ.
"އަހަރެން މިކުރަނީ ހިންދީ ފިލްމެއް ނޫން، އަދި ވަކި ސަރަހައްދީ ފިލްމެއްވެސް ނޫން. އަހަރެން މި މަސައްކަތް ކުރަނީ އިންޑިއަން ސިނަމާގައި،" ރާމް ޗަރަން ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި މިހާރު އިންޑިއާގެ ކޮންމެ ބަހަކުން ފިލްމެއް ހެދިޔަސް އޭގެ ވާހަކައާއި ކޮލިޓީ ރަނގަޅުނަމަ މުޅި ގައުމުގެ ބެލުންތެރިން އެ ފިލްމެއް ބަލައިގަނެ އެވެ.
ޝަންކަރު ޑައިރެކްޓްކުރާ "ގޭމް ޗޭންޖާ"އަކީ ސިޔާސީ އެކްޝަން ތުރިލާ އެކެވެ. މި ފިލްމަކީ ވެސް މުޅި އިންޑިއާއަށް އަމާޒު ކޮށްގެން އެކި ބަސްބަހުން ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމުގައި ރާމް ޗަރަންގެ އިތުރުން ބޮލީވުޑްގެ ބަތަލާ ކިއާރާ އަދުވާނީ ވެސް މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ.
ރާމް ޗަރަން ބުނި ގޮތުގައި ފަންނާނުންނަށް މިހާރު އެކި ބަސްބަހުގެ ސިނަމާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެފައި ވުމަކީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއަރަމުންދާ ކަމުގެ ހެއްކެކެވެ.
ކުރިއަށް އޮތް ތަނުގައި ވެސް މުޅި އިންޑިއާގެ ބެލުންތެރިން ގަޔާވާނެ ފަދަ މޮޅު ވާހަކަތަކެއް ފިލްމުތަކުގެ ޒަރީއާއިން ގެނެސްދިނުމަކީ އޭނާގެ އެންމެ ބޮޑު އަމާޒު ކަމަށް ރާމް ޗަރަން ބުންޏެވެ.
ސަބަބެއްނެތި ހޮޑުލެވި ބޯ އެނބުރުމަކީ ކުއްލި ނުރައްކަލަކަށް ވެދާނެ
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!