ކެންސަރު ބަލިން ފަސޭހަވެ، ފަރުވާ ނިމުމަކީ އާ ހަޔާތެއްގެ ފެށުމެވެ. ނަމަވެސް، ފަރުވާއަށް ފަހު އަލުން އާންމު ދިރިއުޅުމަކަށް ރުޖޫއަ ވުމާއި ވަޒީފާގެ މާހައުލަށް ނުކުތުމަކީ ބައެއް މީހުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ.
ކެންސަރު ބަލީގެ ހާއްސަ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މި ބަދަލަށް ތައްޔާރު ވާއިރު އަމިއްލަ ހަށިގަނޑަށް ވަގުތުދީ ވިސްނުންތެރި ކަމާއެކު ފިޔަވަޅުތައް އެޅުން މުހިންމެވެ.
ކެންސަރުގެ ފަރުވާއަށް ފަހު އަލުން އާންމު ދިރިއުޅުމާއި ވަޒީފާއަށް އެނބުރި ދިއުން ފަސޭހަ ކޮށްދިނުމަށްޓަކައި ޑޮކްޓަރުން ދެއްވާ މުހިއްމު ހަ މުހިންމު އިރުޝާދެއްވެ އެވެ.
މަޑުމަޑުން މަސައްކަތްތައް ފެށުން
ފަރުވާ ނިމުމާއެކު އެއްފަހަރާ ހުރިހާ ބުރަ މަސައްކަތްތަކެއްގެ ތެރެއަށް ވަނުމުގެ ބަދަލުގައި، މަޑުމަޑުން ދިރިއުޅުމުގެ ކަންކަން ތަރުތީބު ކުރާށެވެ. ވަޒީފާއަށް ނުކުންނަން ފަށާއިރުވެސް، ފުރަތަމަ ހަފުތާތަކުގައި "ޕާޓް-ޓައިމް" ކޮށް ނުވަތަ ލުއި މަސައްކަތްތަކުން ފެށިދާނެ އެވެ.
ހަށިގަނޑަށް ސަމާލުވުން
ކެންސަރުގެ ފަރުވާގެ ސަބަބުން ހަށިގަނޑުން ވަރުބަލިކަން ފިލައިދާން ދުވަސްކޮޅެއް ނަގާނެ އެވެ. އެހެންކަމުން ވަރުބަލިވާހެން ހީވާނަމަ އަރާމު ކުރާށެވެ. ހަށިގަނޑަށް ނުކުރެވޭނެ ވަރުގެ ބުރަ ކަންކަން ކުރަން އަމިއްލަ ނަފްސަށް މަޖުބޫރު ނުކުރާށެވެ.
މުވައްޒަފުންނާއި މެނޭޖްމަންޓާ ވާހަކަދެއްކުން
ވަޒީފާއަށް އެނބުރި ދާއިރު އޮފީހުގެ ސުޕަވައިޒަރާ ނުވަތަ އެޗް.އާރްއާ ވާހަކަދައްކައި ހާލަތު ކިޔައިދިނުން މުހިންމެވެ. މަސައްކަތުގެ ގަޑިތަކަށް ލުޔެއް ހޯދުމަށް ނުވަތަ ގޭގައި ހުރެގެން މަސައްކަތް ކުރެވޭނެ ގޮތެއް ހަމަޖެއްސޭތޯ މަޝްވަރާ ކުރެވިދާނެ އެވެ.
ނަފްސާނީ ދުޅަހެޔޮ ކަމަށް އިސްކަންދިނުން
ބަލިން ފަސޭހަވުމަށްފަހު ވެސް ބައެއް ފަހަރު ބަލި އަލުން އަނބުރާ އަތުވެދާނެ ކަމުގެ ބިރުވެރި ކަމާއި ހާސްކަން ސިކުނޑީގައި ހުރެ އެވެ. އެހެންކަމުން ނަފްސާނީ އެހީތެރިކަން ހޯދުމާއި ކައުންސިލިންގް ނެގުން ނުވަތަ "ސަޕޯޓް ގްރޫޕް"ތަކާ ގުޅުމަކީ ވިސްނުންތައް އެއްގޮތް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅުން
ފަރުވާއަށް ފަހު ދިފާއީ ނިޒާމު ވަރުގަދަކުރުމަށްޓަކައި ފައިދާހުރި ކާނާ ކެއުމާއި ގަވާއިދުން ފެން ބުއިމާއި ޑޮކްޓަރުންގެ އިރުޝާދާއެކު ލުއި ކަސްރަތުތައް ކުރުން އާދަޔަކަށް ހަދާށެވެ.
ފޮލޯ-އަޕް އެޕޮއިންޓްމަންޓްތަކަށް ސަމާލުވުން
އާންމު ދިރިއުޅުމުގެ ބިޒީ ޝެޑިއުލްގެ ތެރެއިންވެސް، ޑޮކްޓަރަށް ދައްކަންޖެހޭ ތާރީހުތަކަށް ސަމާލުވެ، ހަދަންޖެހޭ ޓެސްޓުތައް ގަވާއިދުން ހެދުމަކީ ދިގު މުއްދަތަކަށް ސިއްހަތު ސަލާމަތުން ބެހެއްޓުމަށް އެންމެ މުހިއްމު ކަންތަކެވެ.
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، ކެންސަރު ބަލިން ފަސޭހަވުމަށްފަހު ކުރީގެ ދިރިއުޅުމަށް އެނބުރި ދިއުމަކީ އެއްދުވަހުން ނުވަތަ ދެދުވަހުން ވާނެ ކަމެއް ނޫނެވެ.
އެއީ ވަގުތު ބޭނުންވާ ދިގު މަރުހަލާ އެކެވެ. އެހެންކަމުން ކެތްތެރި ކަމާއެކު ހަށިގަނޑަށް އެއްބާރުލުން ދީގެން ކުރިއަށް ދިއުމަށް މާހިރުން އިރުޝާދުދެ އެވެ.
ޗާގޯސް ޖަޒީރާތައް ގަތުމަށް އެމެރިކާއިން ވިސްނަނީ: ރިޕޯޓް
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ އަނދިރި ފަރާތް!
"ކޮކްޓެއިލް 2"ގެ ޓްރެއިލާއަށް އެމެރިކާގައި ވެސް ބޮޑު ތަރުހީބެއް!