ފުލުހުންގެ އިސް ތަރުޖަމާނުގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވަކިކޮށް އެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ އާރިފް މިއަދު އައްޔަންކުރައްވައިފި އެވެ.

ޝިފާން ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަންކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މަގާމުން ވަކިކޮށްފައިވާއިރު، މިހާތަނަށް ޝިފާންއަށް އިތުރު ޒިންމާއެއް ހަވާލުކޮށްފައިނުވެއެވެ.

ފުލުހުންގެ އާ ތަރުޖަމާނުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އަލީ އާރިފަކީ ފުލުހުންގެ މުއައްސަސާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ސްޓްރެޓެޖިކް ޕްލޭނިންގް އެންޑް ލީގަލް ސާވިސް ޑިޕާޓްމަންޓްގައެވެ. މީގެ އިތުރުން، އާރިފް ވަނީ މީގެ ކުރިން ގޭންގް ކުށްތަކާ ބެހޭ ޑިޕާޓްމެންޓްގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައެވެ.

ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް މި ބަދަލު މި ގެނައީ، ފުލުހުންގެ އިދާރީ އޮނިގަނޑަށް މި ފަހަކަށް އައިސް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގަ އެވެ.