އެމްޑީޕީގެ ލަޝްކަރު ބަލިކޮށްލުމަކީ ރައީސް މުހައްމަދު މުއިއްޒަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ނަޝީދު ވިދާޅުވީ ޔާސީ ގޮތުން ކަނޑައެޅިފައިވާ ރަތް ރޮނގު މި ސަރުކާރުން ހުރަސްކޮށްފި ނަމަ، ވަގުތުން ވެރިކަމުން ބާލާނެ ކަމަށެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުން އިދިކޮޅު ފަރާތްތަކާމެދު އަމަލުކުރަމުންދާ ގޮތާމެދު ފާޑުވިދާޅުވަމުންނެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީ ވުޖޫދުވީ ރާއްޖޭގައި އޮތް ހުދުމުހުތާރު އަނިޔާވެރިކަން ނައްތާލައި، ދިވެހި ރައްޔިތުންނަށް ހަމަޖެހުމާއި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން އަނެއްކާވެސް އެފަދަ އަނިޔާވެރި ކަންކަމަށް އިޔާދަވަމުންދާ ކަމަށް ނަޝީދު ތުހުމަތުކުރެއްވި އެވެ.
މި ސަރުކާރުން ހައްގަކާ ނުލައި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ސަސްޕެންޑުކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. މީގެ އިތުރުން، އެމްޑީޕީގެ ސިޔާސީ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށާއި، ސިޔާސީ ސަބަބުތަކަށްޓަކައި މީހުން ހައްޔަރުކުރުން ފަދަ ކަންކަން ކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ހިންގަމުންދާ މިފަދަ އަމަލުތަކަކީ އެމަނިކުފާނު އެ ވިދާޅުވާ ރަތް ރޮނގު ހުރަސްކުރުން ކަމަށެވެ.
"އެ ވިސްނުން ވެސް ނުގެންނަވާތި އެއީ ރަތް ރޮނގެއް. އެ ރޮނގު ހުރަސް ނުކުރައްވާތި. ނުކުރައްވާތި ޑރ. މުއިއްޒު. އަޅުގަނޑު ވަރަށް ރަނގަޅަށް މި ދަންނަވީ އެކަން ނުކުރައްވާތި،" ނަޝީދު ވިދާޅުވި އެވެ.
"ކޮކްޓެއިލް 2"ގެ ޓްރެއިލާއަށް އެމެރިކާގައި ވެސް ބޮޑު ތަރުހީބެއް!
ހިދުމަތުގެ އަގު ވަޒަންކޮށް ރިތޭޝްއަށް ހާއްސަ ޝަރަފެއް!
