ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރެއްވުން އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންގައި އަބްދުﷲ ސޯދިގު، ސޯބެ، ކާމިޔާބު ހޯއްދެވީ 1375 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓުލީ މީހުންގެ 51 ޕަސެންޓެވެ. އޭނާއާ ވާދަކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 48 ޕަސެންޓެވެ.
ސޯބެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރެއްވުމާއެކު، އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު 12 އިން 13 އަށް އިތުރުވާނެ އެވެ. އެއާއެކު ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ އަދަދު 75 އިން 74 އަށް މަދުވެގެންދާނެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ކޯޓު ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީއެވެ. މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ، ސިނާންގެ މެންބަރުކަމުގެ ޝަރުތު އުނިވެފައިވާ ކަމަށެވެ. އެ ހުކުމާ ގުޅިގެން ގޮނޑި ހުސްވެ، ބައި-އިލެކްޝަނެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީއެވެ.
ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
ކޮފީ ބުއިމުން ހާސްކަން އިތުރުވަނީ ކީއްވެ؟
އަޒާނާ ގުޅޭގޮތުން ލިޔެފައިވާ ރިޕޯޓެއް ނަގަން އަމުރެއް
