ދިރާގާއި ވަށްމާފުށީގެ ފަރާތުން ވަނީ 3 ނަސީބުވެރިއަކަށް ރާއްޖޭގެ ފުރުތަމަ ޒިޕްލައިން އެޑްވެންޗާ މުޅިން ހިލޭ ތަޖުރިބާކުރުމުގެ ފުރުސަތު ސޯޝަލް މީޑިއާ ގިވްއަވޭއެއް މެދުވެރިކޮށް ހުޅުވައިލައިފަ އެވެ.

މި ހާއްސަ އިނާމު ލިބޭ ކޮންމެ ނަސީބުވެރިއަކަށް، ވަށްމާފުށީގެ ޒިޕްލައިން ދެ މީހަކަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެ އެވެ.

މި ގިވްއަވޭގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ:

1. @dhiraagu، @zipline.mvއަދި @visitmaafushi އިންސްޓަގްރާމް އެކައުންޓް ފޮލޯކުރުން

2. ގިވްއަވޭއަށް ހާއްސަ ޕޯސްޓް ޝެއާކުރުން:

https://www.instagram.com/reel/DYxHKoygNND/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

3. ގިވްއަވޭގެ ހާއްސަ ޕޯސްޓްގެ ކޮމެންޓް ސެކްޝަނުގައި 3 ރައްޓެހިން ޓެގްކުރުން

4. ގިވްއަވޭގެ ހާއްސަ ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ޝެއަރކުރުމަށް ފަހު @dhiraagu އަދި @zipline.mv ޓެގްކުރުން

މި އަގުހުރި އިނާމް ހޯދުމަށްޓަކައި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މިއަދު، 31 މޭ 2026ގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ އެވެ.

ދިރާގުން ވަނީ ދާދި ފަހުން ދިރާގުގެ އެލީޓް ކްލަބްގެ ޕަރޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް ހިތްގައިމު އައު ތަޖުރިބާތަކާއި ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފަ އެވެ. މި ޕަރޓްނަރޝިޕްގެ ދަށުން ދިރާގުގެ އެލީޓް މެންބަރުންނަށް މި ވަށްމާފުށީގެ ހިދުމަތްތަކުން %5 ޑިސްކައުންޓް ލިބޭނެ އެވެ. އަދި އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން %10 ޑިސްކައުންޓް ލިބޭނެ އެވެ. ކަސްޓަމަރުން ބުކިން ހަދާއިރު މި ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ. އަދި، ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.