ފީފާ ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުގައި ހައިޓީ އަތުން 1-0 އިން މޮޅުވެ، ސްކޮޓްލެންޑުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ 1998 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑް ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ. އަދި މިއަދު ހައިޓީ އަތުން ހޯދި މޮޅަކީ، 1990 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގައި އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.
އަދި މިއީ 1996 ވަނަ އަހަރުގެ ޔޫރޯގެ ފަހުން، ބައިނަލްއަގްވާމީ މުބާރާތެއްގެ މެޗަކުން ސްކޮޓްލެންޑް މޮޅުވި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ބޮސްޓޮންގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސްކޮޓްލޭންޑަށް ލަނޑު ޖަހައިދިނީ މިޑްފީލްޑަރު ޖޯން މިގިންއެވެ.
ގުރޫޕް ސީގައި ކޮންމެ ޓީމެއްވެސް މިހާތަނަށް އެއް މެޗު ކުޅުނުއިރު، ތިން ޕޮއިންޓާއެކު ސްކޮޓްލެންޑް އޮތީ އެއްވަނައިގައެވެ. މި ގުރޫޕްގައި ރޭ ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
މެޗަށް ފަހު ވާހަކަދައްކަމުން މިގިން ބުނީ ގުރޫޕްގައި ވަރުގަދަ ދެ މެޗު ބާކީ އޮތް ނަމަވެސް، ހައިޓީ އަަތުން ލިބުނު މޮޅަކީ ފާހަގަކުރަންޖެހޭ ކަމެއް ކަމަށެވެ.
"ވަރަށް ހިތްދަތިކަން މި ޤައުމުން (ސްކޮޓްލެންޑް) ތަޖުރިބާކޮށްފި. އެތައް ޖީލަކަށް ނުފެންނަ މަންޒަރެއް މި ފެނިގެންދިޔައީ. މިއީ ފަހުރުވެރިވާންޖެހޭ ކަމެއް،" މިގިން ބުންޏެވެ.
ގަތަރަށް ވޯލްޑް ކަޕްގައި ފުރަތަމަ ޕޮއިންޓް
ފޫހިވުމުން ފައިދާ ކުރޭ؟
ދަންވަރު ބަދިގެއަށް ވަނުމުގެ ކުރިން މިކަމަށް ވިސްނާލާ!
