މެޗުގެ ފަހު ވަގުތު ޖަޕާންގެ ޑައީޗީ ކަމާޑާ ކަމާޑާ ކާމިޔާބުކުރި ލަނޑާއެކު، ފީފާ ވޯލްޑް ކަޕްގައި ރޭ ޖަޕާނާއި ނެދަލޭންޑްސް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެެ އެވެ.
ގުރޫޕް އީގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާ ބޮޑު ފޯރިއެއް ނެތް ނަމަވެސް، މި މެޗުގެ ދެވަނަ ހާފު ވެގެންދިޔައީ ބަލާ ހިތްވާ، ފޯރިގަދަ ހާފަކަށެވެ.
މެޗުގެ 51 ވަނަ މިނިޓުގައި ނެދަލޭންޑްސްއިން ލީޑު ނެގީ އެ ޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކް ޖެހި ލަނޑުންނެވެ. އެކަމަކު އޭގެ ހަ މިނިޓު ފަހުން ޖަޕާންގެ ކެއިޓޯ ނަކަމޫރާ ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ނެދަލޭންޑްސް ދެވަނަ ފަހަރަށް ލީޑު ނެގީ 64 ވަނަ މިނިޓުގައި ސްރީސެންސިއޯ ސަމާވިލް ޖެހި ލަނޑުންނެވެ. އެހެން ނަމަވެސް، ނެދަލޭންޑްސް މެޗުން މޮޅުވާން ދަނިކޮށް، ޖަޕާނުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 89 ވަނަ މިނިޓުގައި ކޯކީ ކަމާޑާ ކާމިޔާބުކުރި ލަނޑުންނެވެ.
މެޗަށްފަހު ނެދަލޭންޑްސްގެ ކޯޗު ރޮނަލްޑް ކޫމަން ބުނީ މެޗުން މޮޅުނުވުމަކީ ދެރައެއް ކަމަށެވެ. އެކަަމަކު ޖަޕާނަކީ ބަލި ޓީމެއް ކަމަށް ގަބޫލްކޮށްގެން ނުވާނެ ކަމަށާއި މިއީ ނެދަލޭންޑްސްއަށް ގޯސް ނަތީޖާއެއް ނޫން ކަމަށެވެ.
"މޮޅުނުވީމަ ދެރަވަނީ އަހަރަމެންނަށް ދެ ފަހަރު ލީޑު ލިބުނީމަ. އެކަމަކު އަހަރެން މި ބުނަނީ ޖަޕާނަކީ އާދައިގެ ޓީމެއް ނޫނޭ. ބައެއް މީހުން އެ ޓީމު ދަށްކުރިޔަސް،" ކޫމަން ބުންޏެވެ.
ދުވާލަކު 20 މިނެޓުގެ ކަސްރަތުން އެތައް ފައިދާތަކެއް!
އެމެރިކާއާއި އީރާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ
ނަޝީދު ރަސްމީކޮށް އޮފީހަށް ނުކުންނަވައި މަސައްކަތް ފައްޓަވައިފި