ރައީސް މުހައްމަދު މުއިއްޒަކީ ބޭވަފާތެރިއެއް ކަމަށާއި ސިޔާސީގޮތުން އެ ހުންނެވީ އެކަނިވެރިވެފައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި، ސިޔާސީ މައިދާނުގައި ރައީސް މުއިއްޒު އަމަލުކުރައްވަމުން ގެންދަވާ ގޮތުން އެމަނިކުފާނަކީ އިތުބާރުކުރަން ދަތި ބޭފުޅެއްގެ ގޮތުގައި ވަނީ ފާހަގަވެފައި ކަމަށެވެ. ހާއްކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ، މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާމެދު ކަންކަން ކުރައްވާފައިވާ ގޮތުން އެކަން ހާމަވެގެންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި ސަބަބުތަކާހުރެ ރައީސް މުއިއްޒު މިހާރު ހުންނެވީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް އެކަހެރިވެވަޑައިގެންފައިކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.
ސަރުކާރު ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމުގެ އެއްވެސް މަސައްކަތެއް އިދިކޮޅު ފަރާތްތަކުން ނުކުރާނެކަމަށެވެ. އަދި އެފަދަ ކަމަކާ ރައީސް މުއިއްޒު ކަންބޮޑުވެވަޑައިގަންނަވަން ނުޖެހޭނެކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުގެ އެތެރޭގެ މައްސަލަތަކާއި ސިޔާސަތުތައް ހުރިގޮތުން، އަމިއްލައަށް ސަރުކާރު ބަލިކަށިވެގެން ދިއުމަކީ ވަރަށް ގާތް ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަހަރު ނިމުމުގެ ކުރިން ސަރުކާރަށް ބަދަލުތަކެއް އަތުވެދާނެކަމަށް މީގެ ކުރިން ނަޝީދު ދައްކަވާފައިވާ ވާހަކަފުޅާ ގުޅިގެން ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްތިއުފާދެއްވުން ފަދަ ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލުތަކެއް ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް
ރިއާނާއަށް އަމްބާނީ އާއިލާއިން ދިން ހަދިޔާގެ އަގު!
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
