އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޓޭލަރ ސުވިފްޓާއި އެމެރިކަން ފުޓްބޯޅަ ތަރި ޓްރެވިސް ކެލްސީގެ ކައިވެނި ބޭއްވި ސަރަހައްދުގެ ބޭރުން ކުނި އެއްކޮށް އެ ވިއްކައިގެން ނިއުޔޯކަށް ނިސްބަތްވާ މީހަކު ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.
އެ މީހާ ވަނީ ކައިވެނި ބޭއްވި ސަރަހައްދުގެ ބޭރުގައި ހުރި ކުނި ވަށިތަކުންނާއި މަގުމަތިން އެއްކުރި ތަކެތި އޮންލައިންކޮށް ވިއްކައިގެން ގާތްގަނޑަކަށް 1.2 ލައްކަ އިންޑިއަން ރުޕީސް (1,500 އެމެރިކާ ޑޮލަރު) ހޯދާފަ އެވެ.
އެގޮތުން އެ މީހާ އެއްކުރި ތަކެތީގެ ތެރޭގައި ހަފްލާގެ ބޭރުގައި ބޭނުންކޮށްފައި ހުރި ޕްލާސްޓިކް ތަށި، ކަރުދާސް، އަދި އެ ސަރަހައްދުން ފެނުނު ކުދިކުދި ތަކެތި ހިމެނެ އެވެ.
މި ތަކެތި އީބޭ ފަދަ ޕްލެޓްފޯމްތަކުގައި "ޓޭލާ ސުވިފްޓްގެ ކައިވެނީގެ ސަރަހައްދުން ލިބުނު ހާއްސަ ތަކެތި" ކަމަށް ބުނެ ނީލަން ކިއުމުން، ސަޕޯޓަރުން ވަނީ ވަރަށް ބޮޑެތި އަގުތަކުގައި އެ ތަކެތި ގަނެފަ އެވެ.
މި ހަބަރު ސޯޝަލް މީޑިއާގައި އާންމު ވުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފަ އެވެ. ބައެއް މީހުން އެ މީހާގެ ވިސްނުން ތޫނު ކަމަށާއި، ލިބުނު ފުރުސަތުގެ ބޭނުން ހިފިގޮތަށް ތައުރީފުކުރި އެވެ.
ނަމަވެސް، އަނެއްބަޔަކު ވަނީ ހަމައެކަނި ސެލެބްރިޓީއަކާ ގުޅުންހުރި ކުންޏަށްވެސް މީހުން އެހާ ބޮޑު އަގެއް ދީގެން ގަންނާތީ ހައިރާންކަން ފާޅުކޮށްފަ އެވެ.
ޓޭލާ ސުވިފްޓާއި ޓްރެވިސް ކެލްސީގެ ކައިވެންޏަކީ މި އަހަރުގެ އެންމެ ބޮޑު އަދި އެންމެ މީޑިއާގެ ސަމާލުކަން ލިބިފައިވާ އެއް ހަރަކާތަށް ވެފައިވާއިރު، މިފަދަ އާދަޔާހިލާފު ކަންކަމުންވެސް މީހުން ދަނީ އާމްދަނީ ހޯދަމުންނެވެ.
ސްވިޓްޒަލެންޑް ބަލިކޮށް އާޖެންޓީނާ ކުރިޔަށް
މޭޒުދޮށު ވަޒީފާތަކުން ބުރަކަށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ!