އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއަޅައިގެން ރައީސް އޮފީސް 2،000 ރުފިޔާއިން މިއަދު ޖޫރިމަނާކޮށްފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ވިދާޅުވި ގޮތުގައި މި ފިޔަވަޅު އަޅަން ނިންމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެކި ފަރާތްތަކުން އެދޭ ކަންކަމުގައި ޖަވާބު ދިނުމަށް ރައީސް އޮފީހަށް ތަކުރާރުކޮށް ދިން މުއްދަތުތަކުގައި އެއްވެސް މައުލޫމާތެއް ފޯރުކޮށްދީފައި ނުވާތީ އެވެ. އެގޮތުން ގާނޫނުގެ 67 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރާ ހަވާލާދީ އާހިދު ފާހަގަކުރެއްވީ، މިގޮތަށް ގަވާއިދުން ޖަވާބު ނުދީ ދިގުދެއްމުމަކީ ކޮމިޝަނަރުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅުން ކަމަށް ބެލެވޭނެ ކަމަށެވެ.
މިއަދު އެކަނިވެސް ރައީސް އޮފީހާ ގުޅޭ ފަސް ޝަކުވާއެއްގެ އަޑުއެހުން ކުރިއަށްދިޔައިރު، އެ ހުރިހާ މައްސަލައެއްގައި ވެސް އެ އިދާރާއިން އަމަލުކޮށްފައި ވަނީ އެއްގޮތަކަށެވެ. މައުލޫމާތު ދިނުމަށް ފުރަތަމަ ބޭއްވުނު ބައްދަލުވުންތަކުގައި އެންގި އެންގުންތަކަށް ރައީސް އޮފީހުން އެއްވެސް ވަރަކަށް އިޖާބަދީފައެއް ނުވެ އެވެ.
އައިކޮމްއަށް ހުށަހެޅޭ މައްސަލަތަކުގައި ރައީސް އޮފީހުން މައުލޫމާތު ނުދިނުމުގެ އިތުރުން، ބައެއް ފަހަރު ފޮނުވާ ޖަވާބުތައް ފުރިހަމަނުވުމާއި، އަދި ކުރާ ސުވާލާ ނުގުޅޭ ބަޔާންތައް ފޮނުވާކަން ވެސް ކޮމިޝަނުން ފާހަގަކުރެ އެވެ.
އެކްސިޑެންޓްވި މީހާ ނިޔާވީ ޓްރެއިލަރު ލޮރީއެއްގެ ދަށުވެގެން