ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހއ. ދިއްދު އާއި ފ. ފީއަލީގައި ކާފިއު ހިންގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެެރެފައިވާ އެންގުމުގައި ވަނީ މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން ދިއްދު އާއި ފީއަލީގައި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރާ ކަމަށެވެ.

ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއެކު އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުންވެސް ވަނީ މަނާކޮށްފަ އެވެ.

އެ ދެ ރަށުގައި އެޅި އިތުރު ފިޔަވަޅުތައް

  • ސައިހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުގެ އެތެރޭގައި ދޭ ހިދުމަތްތައް ދިނުން ހުއްޓާލައި، ޓޭކްއަވޭ އަދި ޑެލިވަރީ ހިދުމަތްތައް ފޯރުކޮށްދިނުން.
  • ސެލޫންތަކާއި، ޖިމް އަދި ބޯކޮށާ ތަންތަން ބަންދު ކުރުން.
  • އެއްފަހަރާ ތިން މިހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާންމު ތަންތަނަށް އެއް ނުވުން.
  • ހުރިހާ ކުޅިވަރު ހަރަކާތެއް އަދި ކަސްރަތު ހަރަކާތްތައްވެސް ހުއްޓާލުން.ޓެކްސީ ހިދުމަތްތަކާއި ފިހާރަފަދަ ތަންތަނުގައިވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ހިދުމަތް ދިނުން.
  • ޔުނިވާސިޓީ އަދި ކޮލެޖްތައް އޮންލައިންކޮށް ކިޔެވުން ކުރިޔަށް ގެންދިޔުން.

ދިއްދު އާއި ފީއަލީގެ އިތުރުން ގދ. ތިނަދޫ، ފ. ނިލަންދޫ، ލ. ގަން، އދ. މާމިގިލި، އއ. އުކުޅަސް، އއ. މަތިވެރި، ޅ. ނައިފަރު. ކ. މާފުށި، ބ. އޭދަފުށި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވެސް ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.