ގދ. ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި، މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ރޭ ފަތިހު 4:11 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑރ. އަބްދުއްސަމަދު މެރޯރިއަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުންނަށް ބުންޏެވެ.
މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން މަޝްވަރާ ކުރަނީ
ދެ މިލިއަން ފީފާގެ ތެޔޮ ހިފައިގެން ދިޔަ ޓޭންކަރެއް އަޑިއަށްގޮސްފި
ޝާހިދުގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި
