މިމަހުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރީ 38،630 ޓޫރިސްޓުން ކަމަށާއި މިއަހަރުގެ މިހާތަނަށް ޖުމްލަ 428،400 ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާތު ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ރާއްޖެއަށް 2،766 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. އަދި މިމަހު 38،630 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 428،400 ޓޫރިސްޓުން ކަމަށް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި، ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރު އިތުރު ވެފައިވާއިރު، މިމަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާ އިންނެވެ. އަދި ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ އިންޑިއާއިންނެވެ. އޭގެ ފަހުން މި ލިސްޓުގައި ހިމެނެނީ ޔޫކްރެއިން އަދި ޖަރުމަނު ވިލާތެވެ.
ބޮލީވުޑްގެ ކަންކަން ނިކްއަށް މާ ބޮޑަށް އެނގޭ: ޕްރިޔަންކާ
އެމެރިކާއިން ސައުދީއަށް 1.96 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
ރަތް ކަނޑުގެ މަގު ބަންދުކުރަން އީރާނުން ހޫތީންނަށް އަންގައިފި