ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފި އެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެ ހިމެނޭ ސަރަހައްދުގައި ބޯވިއްސާރަ ވިލާ އުފެދެމުންދާތީ، ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ އަސަރު ގަދަ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި އާންމު ރައްޔިތުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ވަކިން ހާއްސަކޮށް، ދަތުރުކުރާއިރު މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭތީ، މުދާ އުފުލާ އުޅަނދުފަހަރާއި ކުދި އުޅަނދުތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެއެވެ.
ނޫސްވެރިޔާ ސާއިދުގެ ހާލަތު ގޯސްވެ އައިސީޔޫގައި ފަރުވާ ދެނީ
ވެޓްމާކެޓް ތަރައްގީކުރަން ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރަނީ
ސްކޭމްތަކުގައި 35 މިލިއަން ގެއްލުނުއިރު، ހޯދުނީ 13 މިލިއަން