ގާހިރާ (16 މެއި) - އިޒްރޭލުގެ ޔަހޫދީ ސިފައިންނާއި ހަމާސްގެ މުޖާހިދުންނާ ދެމެދު ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި ޒަހަމްވެ އަނިޔާވާ މީހުން ޣައްޒާގައި އިތުރުވުމާއެކު އެ މީހުންނަށް ބޭނުންވާ އިތުރު ފަރުވާދިނުމަށް އަވަށްޓެރި މިސްރުން އެހީވާން ފަށައިފި އެވެ.
އާދީއްތަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި އަނިޔާވި އާއްމުން ވަނީ ފަލަސްތީނާއި މިސްރު ގުޅުވައިދޭ ރަފަޙް ބޯޑަރު ހުރަސްކޮށް އިތުރު ފަރުވާއަށް މިސްރުގެ ހޮސްޕިޓަލްތަކަށް ގެންގޮސްފަ އެވެ. އެގޮތުން 263 ފަލަސްތީނު އާއްމުންނާއެކު ތިން އުދަނދެއް ވަނީ ބޯޑަރު ހުރަސްކޮށް މިސްރަށް ވަދެފަ އެވެ.
ޣައްޒާއިން ދުނިޔޭގެ އެހެން ގައުމުތަކަށް ދާން އޮންނަ އެއްގަމާއި ކަނޑުގެ މަގުތައް އިޒްރޭލުން 2007 ވަނަ އަހަރު ހިފާފައި ވާއިރު ރަފަހު ބޯޑަރަކީ އިޒްރޭލުން ހިފާފައި ނުވާ ހަމައެކަނި ސަރަހައްދީ ބޯޑަރެވެ.
އުތުރު ސިނާގައި ހަރަކާތްތެރިވާ މިސްރުގެ ރެޑް ކްރެސެންޓުން ބުނީ ޒަހަމްވެފައިވާ މީހުން ހޮސްޕިޓަލުތަކަށް ގެންދިއުމަށް އެ ގްރޫޕުގެ އެމަޖެންސީ ޓީމެއް ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
ރާމަﷲގައި ހުންނަ މިސްރުގެ ސަފީރު ތާރިގް ތަޔާލް ވިދާޅުވީ މިސްރުގެ މި މަސައްކަތަކީ އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ގޮތުން ޣައްޒާގެ އާއްމުންނަށްވާ އެހީއެއް ކަމަށެވެ.
އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި ޣައްޒާގެ ގިނަ ހޮސްޕިޓަލުތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި ބިމާ ހަމަ ވެފަ އެވެ. --އަލް އަރަބިއްޔާ
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
އީރާނަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި