ދިވެހިރާއްޖޭގެ ދިގު ތާރީހުގައި ދިވެހިން ދައްކުވައިދީފައިވާ ފަދައިން، ކުރިއަށްއިތްތަނުގައި ވެސް މާތްވެގެންވާ އިސްލާމްދީނަށް އިހްލާސްތެރި އަދި ވަފާތެރި ބައެއްގެ ގޮތުގައި ދިވެހި އުންމަތް ދެމިއޮތުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގަ އެވެ. ވޭތުވެދިޔަ ޒަމާންތަކުގައި ރާއްޖެއަށް ތަފާތު އެކި ގޮންޖެހުންތަކާއި ހުރަސްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކާބަފައިން ވަނީ އިސްލާމްދީނުގެ މަތިވެރި އަގީދާގައި އެއްވެސް ލޮޅުމެއް އެރިޔަނުދީ، ނުގުޑާފަދަ ވަރުގަދަ އަޒުމަކާއެކު ސާބިތުވެ ތިބެފައި ކަމަށް މައުމޫން ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ރައީސް މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ އަސްލާއި ދިވެހި ގައުމިއްޔަތު އެކުލެވިގެންވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށެވެ.
އެހެންކަމުން، މާޒީގައި ކާބަފައިން ދެއްކެވި ފުރިހަމަ ނަމޫނާއިން އިބުރަތް ހާސިލުކޮށް، އަންނަން އޮތް ޖީލުތަކަށް ވެސް މި މަތިވެރި ހިދާޔަތް ވާސިލުކޮށްދިނުމަށާއި، އިސްލާމްދީނުގެ ހައްގުގައި ސާބިތުކަމާއެކު މަސައްކަތްކުރުމަށް އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެ އިލްތިމާސްކުރައްވާފަ އެވެ.
އަމާން ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ!
ޒުވާންކޮށް ދިނުމުގައި ގަހުގެ ބޮޑު ރޯލެއްވޭ؟
ވަޅުތަކަށް ފެން އަރާތީ ހުޅުމާލެ ސަހަރާގައި ވަޅުލުން ހުއްޓާލައިފި