ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ އެ އޮފީހުގެ މަސައްކަތްތަކުން ސަސްޕެންޑުކޮށްފި އެވެ.
އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ޝިއުނާ ސަސްޕެންޑުކުރީ ޕެންޝަން ބޯޑުގެ ބައެއް މެންބަރުންގެ ހިތްހަމަނުޖެހުންތަކެއް ހުރުމުންނެވެ. ހާއްސަކޮށް އެ އޮފީހުގެ ބޯޑުގެ ޗެއާމަންގެ ހިތްހަމަނުޖެހުންތަކެއް އޮތް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މި ކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ޕެންޝަން އޮފީހަށް ގުޅުމުން އެ އޮފީހުގެ މީޑިއާ އޮފިޝަލު ބުނީ ވަކިވަކި މުވައްޒަފުންނާ ގުޅޭ އިދާރީ ކަންކަމުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާނުކުރާ ކަމަށެވެ.
ޝިއުނާ ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމާ ހަވާލުވެވަޑައިގަތީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސްކަމުގެ މަގާމާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް ފުރައްވާފަ އެވެ.
އޭނާއަކީ ޔުނިވާސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްއިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ލަންޑަން މެޓްރޮޕޮލިޓަން ޔުނިވަސިޓީން ތާރީޚު ދާއިރާއިން ބެޗްލާ އޮފް އާޓްސް ޑިގްރީވެސް އޭނާ ވަނީ ހާސިލްކުރައްވާފަ އެވެ.
ދިރާގު ރޯޑްރޭސްގައި މި އަހަރު 5،500 އަށްވުރެ ގިނަ މީހުން!
އެހެން މީހުންނަށް އެހީވުމަކީ ޒުވާންކަން އިތުރުވާ ކަމެއް: ދިރާސާ
15 އަހަރަށްފަހު "ދަ ޑާޓީ ޕިކްޗާ"ގެ ސީކުއަލް ގެނެސްދެނީ!
