ކަނޑުގެ 500 މީޓަރު އަޑީގައި ވޯޓާ ޕްލާންޓެއް ގާއިމުކޮށްގެން، ފެން އުފެއްދުމުގެ މަސައްކަތް ކުރުމަށް ހަދަން ޖެހޭ ސާވޭ ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިއުއެސްސީން މި މަޝްރޫއު ފަށާނެކަން އިއުލާންކުރުމާއެކު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. މާލެ ސަރަހައްދަށް ރަނގަޅަށް ފެނާއި ނަރުދަމާގެ ހިދުމަތް ނުދެވޭ ކުންފުންޏަކަށް ކަނޑުގެ 500 މީޓަރު އަޑިން ލޮނު ފެން ނަގައިގެން ފެން އުފެއްދުމުގެ ގާބިލްކަން ލިބުނީ ކޮން ގޮތަކަށް ކަމާމެދު ސުވާލު އުފައްދަމުން ގެންދެ އެވެ.
ފައިސާ ދިނުމުން އެމްޑަބްލިއުއެސްސީ ޕްރޮމޯޓްކޮށްދޭ ނޫސްތަކާއެކު ބޭއްވި" ލެޓްސް ކަނެކްޓް" އިވެންޓްގައި އޭނާ ވިދާޅުވީ ކަނޑުގެ އަޑިން ފެން އުފެއްދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވުމުން ބައެއް ފަރާތްތަކުން އެކަމާ ސުވާލު އުފެއްދި ނަމަވެސް، މިއީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ކާމިޔާބުކަމާއެކު މިހާރު ވެސް ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށެވެ. އަދި ކަނޑުގެ 500 މީޓަރު އަޑީގައި ވޯޓާ ޕްލާންޓެއް ގާއިމުކޮށްގެން، ފެން އުފެއްދުމުގެ މި މަޝްރޫއު ކުރިއަށްގެންދަނީ މި ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެން ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ލޮނެއް ކަމަށާއި ބޯހޯލުން ނަގާ ލޮނަށް ވުރެ ސާފުވާނެ ކަމަށެވެ. އަދި އޯގަނިކް މެޓަލް މަދު، މީގެ ސަބަބުން އެފިޝަންސީ އިތުރުވުމާއި އަދި ޚަރަދު ކުޑަވާނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތަށް ބޭނުންވާ ސާވޭތައް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށް، ފީސިބިލިޓީ ސްޓަޑީއާއި ޓެކްނިކަލް އަދި ތިމާވެއްޓާ ގުޅޭ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި ހުރިހާ މަރުޙަލާތަކެއް ފުރިހަމަކޮށް، އަންނަ އަހަރުގެ މެދުތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިހާތަނަށް ކުރި ދިރާސާތަކުން މި ޕްލާންޓް ގާއިމުކުރުމަށް އެންމެ އެކަށޭނަ ސަރަޙައްދެއްގެ ގޮތުގައި ދެނެގަނެވިފައިވަނީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑު ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ނޯވޭގެ ކުންފުނިން ފެން އުފެއްދުމުން، އެމްޑަބްލިއުއެސްސީން އެ ކުންފުނިން ފެން ގަންނާނީ އެކަށީގެންވާ ހެޔޮ އަގެއްގައި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ޓްރަމްޕަށް ތާއީދު ގެއްލި ގިނަ ރައްޔިތުން ބޭނުންވަނީ ބަދަލު: ޕޯލް
އެލާމްއަކާ ނުލާ ގަވާއިދުން ހޭލަން ބޭނުންތަ؟ މިއޮތީ ސިއްރު!
ހަޔާތުގެ އެންމެ ފުން އަނދަވަޅަކީ "ޖަސްޓިސް ލީގް": ބެން އެފްލެކް