ރައްޔިތުންގެ މެދުގައި ދީނީ ނަފްރަތު އުފެއްދުމާއި އިސްލާމްދީނާ އިދިކޮޅު އަމަލުތަކަށް ދޭ އަދަބު 4 އަހަރަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން، އިސްލާމްދީނާ އިދިކޮޅު އަމަލުތަކަކީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. މިހާރު އޮންނަ އުސޫލުން މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. މިއީ ޖުނަހުގެ ކުށަކަށް ވާތީ، ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާކުރުމާއި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ފުރުސަތު ގާނޫނުން މިހާރު ފަހިކޮށްދެ އެވެ.
ނަމަވެސް ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ ގޮތުން، ދުރާލާ ރާވައިގެން ރައްޔިތުންގެ މެދުގައި އިސްލާމްދީނާމެދު ނަފްރަތު އުފެއްދުމަށް ނުވަތަ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ނިޔަތުގައި ކުރާ އަމަލުތައް ދެން ބެލެވޭނީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ.
އާ އިސްލާހުގައިވާ ގޮތުން އެ ކުށަށް އަސާސީ މިންގަނޑުން 1 އަހަރާއި 7 މަސް ދުވަހުގެ ޖަލު އަދަބެއް އަންނާނެ އެވެ. އަދި ކުށުގެ ހާލަތަށް ބަލައި 4 އަހަރާ ހަމައަށް ޖަލަށްލުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެ އެވެ. އޭގެ އިތުރުން އެނޫން ހާލަތްތަކުގައި އެއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައި، 9 މަހާއި 2 އަހަރާ ދެމެދުގެ ޖަލު އަދަބެއް ލިބޭނެ ކަމަށް ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
ރޭޕްގެ ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށް
ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން މަޝްވަރާ ކުރަނީ
މަޖުބޫރުކޮށްގެން ޕީއެންސީއަށް މެންބަރުން ވެއްދުން ބާރަށް ކުރިއަށް
