ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކުރަން މިއަދު ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީން އެންމެ ފުރަތަމަ މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރަން ނިންމީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އެ ދުވަހު މަޖިލީހުގެ ރައީސްގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވެސް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
އެއާއެކު މިއަދު މަޖިލީހުގެ ތަޅުމުން ނެގި ވޯޓުގައި މަޖިލީހުގެ ރައީސްގެ މުސާރައާއި ވަޒީރުންގެ މަޖިލީހުގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ ތެރެއިން 42 މެންބަރަކު ވޯޓުދިނީ މުސާރަ ބޮޑުކުރަން ފާސްކުރުމަށެވެ. ނުފެންނަ ކަމަށް އެމްޑީޕީގެ 12 މެންބަރަކު ވޯޓު ދިނެވެ.
މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އިތުރު އެލަވެންސެއް ދިނުމަށެވެ. އެ ބަދަލާއެކު މަޖިލީހުގެ ރައީސަށް މުސާރައާއި އިނާޔަތްތަކާއެކު މަހަކު 95،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. މީގެއިތުރުން ވަޒީރުންގެ ޑްރައިވާސް އެލަވެންސް 17،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައިވާއިރު، އެ ބަދަލާއެކު މިނިސްޓަރަކަށް މުސާރައާއި އިނާޔަތްތަކާއެކު މަހަކު 75،000 ރުފިޔާ ލިބޭނެ އެވެ.
އެހެންކަމުން، އެ ފަރަގު ނައްތާލުމުގެ ގޮތުން މަޖިލީހުގެ ރައީސަށް 22,000 ރުފިޔާގެ އެލަވަންސެއް އިތުރުކުރުމަށް ކޮމިޓީން ފާސްކުރީ އެވެ. މި ބަދަލާއެކު މަޖިލީހުގެ ރައީސްގެ ޖުމްލަ މުސާރަ 95,125 ރުފިޔާއަށް އުފުލޭނެ އެވެ.
މީގެއިތުރުން، އެހެން ކައުންސިލްތަކާ ދެމެދު ހުރި މުސާރައިގެ ފަރަގު ކުޑަކުރުމުގެ ގޮތުން، ރަށު ކައުންސިލްތަކުގެ ރައީސުންނާއި، ނައިބު ރައީސުން އަދި ކައުންސިލަރުންނަށް 5,000 ރުފިޔާގެ ސާވިސް އެލަވަންސެއް ދިނުމަށް ވެސް މިވަނީ ފާސްކޮށްފަ އެވެ.
މި އިސްލާހާއެކު ރަށު ކައުންސިލްގެ ރައީސުންގެ މުސާރަ 30,500 ރުފިޔާއަށް، ނައިބު ރައީސުންގެ މުސާރަ 25,000 ރުފިޔާއަށް އަދި ކައުންސިލަރުންގެ މުސާރަ 23,000 ރުފިޔާއަށް ބޮޑުވެގެންދާނެ އެވެ.
ހަމައެއާއެކު، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އިތުރުކުރުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
"ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާޙަކީ ޔަހޫދީ އެޖެންޑާއެއް"
"ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވީ ކަރަންޓު ޝޯޓުވެގެން ކަމަށް ބެލެވޭ"
މީޑިއާ ކޮމިޝަންގެ ރައީސް ފަރުޝަތު އިސްތިއުފާ ދީފި
ވެރިންގެ މުސާރަ ބޮޑުކުރަނީ އާންމުން ޕެނެޑޯލަށް ޖެހިފައި ތިއްބައި
މުސާރަ ބޮޑުކުރަން ނިންމުމުން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
ވެރިންގެ އިނާޔަތްތައް ބޮޑުކުރުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް