ދާރުއްސަލާމް (20 މެއި) - އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުމާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ގެންގުޅުއްވާ ސިޔާސަތުތަކަށް އެ ގައުމުގެ އިދިކޮޅު ލީޑަރު ޔައިރު ލެޕިޑް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ ޔަޝް އަތިދު ޕާޓީގެ ލީޑަރު ލެޕިޑް އޭނާގެ ސޯސަލް މީޑިއާގައި ވިދާޅުވެފައި ވަނީ ފަލަސްތީނާ ބެހޭގޮތުން ހަރުދަނާ ސިޔާސަތެއް އެކުލަވާލުމަށް ނަތަންޔާހޫ ފެއިލްވެފައިވާ ކަމަށާއި އޭނާގެ ސަރުކާރުން އެމެރިކާ އާއި އިޒްރޭލާ ދެމެދު އޮންނަ ޚާރިޖީ ގުޅުންތަކަށް ވެސް ބުރޫ އަރުވާފައިވާ ކަމަށެވެ.
"ހަމަލާތަކަށް 11 ދުވަސް ވެފައިވާއިރު ނަތަންޔާހޫގެ މި އޮޕަރޭޝަން ގެ މަޤުސަދާ މެދު ސުވާލު ކުރެވޭ. އަދި އެކަމުން ހާސިލްވި ކޮން ފައިދާއެއްތޯ ވެސް އިސްނަންޖެހޭ،" ލެޕިޑް ލިޔެފައިވެ އެވެ.
ހަމަލާތައް ފެށުމުގެ ހަފުތާއެއް ކުރިން ލެޕިޑް ވަނީ އިޒްރޭލުގައި އާ ސަރުކާރެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ. އޭނާ މި މަސައްކަތް ފެއްޓެވީ މާޗް މަހުގެ 23 ވަނަ ދުވަހު އެ ގައުމުގައި ބޭއްވުނު އިންތިހާބަށް ފަހު ކޯލިޝަން ސަރުކާރެއް އުފައްދަން ނަތަންޔާހޫގެ ސަރުކާރުން ދެކޮޅުހެދުމާ ގުޅިގެންނެވެ.
ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް 11 ދުވަހަށް ފަހު މިރެއިން ފެށިގެން ހުއްޓާލުމަށް އެއްބަސްވެފަ އެވެ..-- ދަ ޑެއިލީ ސްޓާ