މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގައި ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވާލައިފި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އެ ސްކޯލާޝިޕް ތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 1:30 ނިޔަލަށެވެ. މުޅި އަކު 22 ފުރުސަތަށް ހުޅުވާލާފައިވާއިރު އޭގެތެރެއިން 10 ފުރުސަތު ހާއްސަ ކޮށްފައިވަނީ އިސްލާމިކް ޝަރީއާ އާ ގުޅޭ ކޯސްތަކަށެވެ. އަދި 12 ފުރުސަތު ހުޅުވާލައިފައި ވަނީ އެހެނިހެން ދާއިރާތަކުން ކިޔަވަން ބޭނުން ދަރިވަރުންނަށެވެ.
އަލް އަޒްހަރު ޔުނިވާސިޓީގެ ފުރަތަމަ ޑިގްރީގެ ކޯހަށް ކުރިމަތިލާ މީހުން ޝަހާދާ ސާނަވިއްޔާއިން ފާސް ވާން ޖެހެ އެވެ. އަދި ދިރާސާތުލް އިސްލާމިއްޔާ ކޯހަށް ހުށަހަޅާ ދަރިވަރުން ޝަހާދާ ސާނަވިއްޔާއިން 65 ޕަސަންޓަށް ވުރެ މަތިން ފާސްވާން ޖެހެ އެވެ. ކޯސްތަކަށް ކުރިމަތި ލެވޭނީ މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 25 އަހަރު ނުވާ ދަރިވަރުންނަށެވެ. އަދި މިސްރު ސަރުކާރުގެ ސްކޮލާޝިޕެއްގައި މީގެ ކުރިން ކިޔަވާފައިވާ ދަރިވަރުންނަށް އެ ކޯސްތަކަށް ކުރިމަތި ނުލެވޭނެ އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުން ކަނޑައަޅާނީ ޝަހާދަ ސާނަވިއްޔާ ސެޓްފިކެޓްއިން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށެވެ.ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް އަޒްހަރު ޔުނިވަސިޓީން ދިނުމަށް ހަމަޖެހިފައިވަނީ ޓިއުޝަން ފީ އެކަންޏެވެ. އަދި އެހެން ހަރަދުތައް ހަމަޖައްސަން ޖެހެނީ އެ ދަރިވަރު އަމިއްލަ އަށެވެ.