ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 35 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މަރުވީ އެ ފެސިލިޓީގައި ފަރުވާދެމުން ދިޔަ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މަރާއެކު ރާއްޖޭގައި މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 209 އަށް އަރާފަ އެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު މި ބައްޔަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ މީހުންގެ އަދަދު ވަނީ ދަށްވެފަ އެވެ. މިހާރު ޖުމްލަ މި ބައްޔަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދަނީ 38 މީހުންނެވެ.
ކޮވިޑް ބަލީގައި މަރުވާ މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނަކީ އެއްވެސް ބަޔަކަށް މީގެ ކުރިން ފަރުވާ ނުހޯދާ މީހުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. މިއާއެކު މިބަލީގެ ނުރައްކާ ޒުވާނުންނަށާއި ކުޑަކުދިންނަށް ވެސް އޮތް މިންވަރު ހާމަވެގެންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ލީވާންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ތާވަލުކޮށްފި
25 ޕަސެންޓް ފައިދާއާއެކު ޑޮލަރު އިންވެސްޓްކުރެވޭ ގޮތް ހަދައިފި
