އިތުރު 266 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 41 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 105 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން އަށް މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 72،678 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 4،262 ގައި މިހާރު ހުރިއިރު 68،107 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
މި ބަލި ޖެހިފައިވާ 38 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 208 މީހަކު ވަނީ މަރުވެފަ އެވެ.
އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ފުލުހުން ދޭ ހުއްދައެއްގެ ދަށުން ނޫނީ މާލޭގައި ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.
 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 ބީޓީއެސް އިންޑިއާއަށް އަންނަނީ!
			ބީޓީއެސް އިންޑިއާއަށް އަންނަނީ!
		 އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
			އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
		
 
					 
					 
					 
					 
					 
					 
					 
					 
					 
					