ކޮވިޑް ކޮންޓްރޯލް ކުރުމަށް ފުވައްމުލައް ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކާފިއު ވަގުތު ކުޑަކޮށްފި އެވެ.
މިހާތަނަށް އެރަށުގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު އެންގި އެންގުމެއްގެ ދަށުން ކާފިއު ވަގުތު ހަވީރު 6:00 އިން ފެށިގެން ފަތުހު 4:00 އަށް ކުޑަކޮށްފައިވާ ކަމަށެވެ.
ކޮވިޑާ ގުޅިގެން ރައްޔިތުން އަމަލު ކުރުމަށް އަންގާ އެންގުންތަކަކީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަންގާ އެންގުންތަކަކަށް ވާތީ، އެ އެންގުންތަކަށް އަމަލުކުރުމަށް ވެސް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުވައްމުލަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި މި ނުރައްކާތެރި ބަލި އެރަށުގައި ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.
 ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
			ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
		 ބީޓީއެސް އިންޑިއާއަށް އަންނަނީ!
			ބީޓީއެސް އިންޑިއާއަށް އަންނަނީ!
		 މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
			މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					