ހުސްވެފައިވާ އޮޑިޓަ ޖެނެރަލްގެ މަގާމަށް އައްޔަންކުރަން ހުސެއިން ނިޔާޒީގެ ނަށް މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އޮޑިޓާ ޖެނަރަލްގެ މަގާމަށް ނިޔާޒީ އައްޔަންކުރަން މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ފޮނުއްވި ސިޓީ އިއްވާފަ އެވެ.

މިއާއެކު ނިޔާޒީގެ ނަން ދިރާސާކުރުމަށް މިއަދު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ފޮނުއްވާފަ އެވެ.

މިވަގުތު އެސިސްޓެންޓް އޮޑިޓަ ޖެނެރަލްގެ މަގާމުގައި ހުންނަވާ ހުސެއިން ނިޔާޒީ އެ މަގާމަށް އައްޔަނުކުރެވުނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މިވަގުތު އޮޑިޓް އޮފީހުގެ ފައިނޭންޝަލް އޮޑިޓް ޑިވިޝަންގެ އިސްވެރިއަކަށް ހުންނަވާ ނިޔާޒީ އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވާތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވެ އެވެ.

އޮޑިޓާ ޖެނަރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތުގެ ނަން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓްގައި ހިމެނުމާ ގުޅިގެން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.