ފެނަކަ ކޯޕަރޭޝަނުން އެކި ރަށްރަށުގައި އަޅާ އިންޖީނުގެތަކަކީ "ތާޖް މަހަލް" ފަދަ ރީތީ ތަންތަން ކަމަށް މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ ޖަނަރޭޓަރުތަކާއި ދުންހޮޅިތަކާއި ތެޔޮތާނގީތައް މީހުން ދިރިއުޅޭ ސަރަހައްދާ މާ ގާތުގައި ބެހެއްޓުމުގެ ސަބަބުން، އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ފިރުޝާން ވިދާޅުވި މިމައްސަލައަކީ ރަށްރަށުގައި ވެސް ބޮޑު މައްސަލައެއް ކަމަށެވެ.
މިކަމަށް ހައްލެއް ގެނައުމަށް ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "ތާޖު މަހަލް" ފަދަ އިންޖީނުގެތަކެއް އަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކައިން ނަމޫނާއަކަށް ބަލައިގެން އެހެން ކުންފުނިތައްވެސް ބަދަލުގެނެސް އެފަދަ ރީތި އިމާރާތްތައް އަޅަންޖެހޭ ކަމަށް ފިރުޝާން ވިދާޅުވި އެވެ.
އިންޖީނުގެތައް މީހުން ދިރިނުއުޅޭ ސަރަހައްދަށް ގެންދިޔުމަށް ގައުމީ ސިޔާސަތެއް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މެމްބަރު ފިރުޝާން އެހެން ވިދާޅުވިއިރު، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ގެންދަވަނީ ބައެއް މަޖިލިސް މެމްބަރުންނާ ގުޅުންހުރި ކުންފުނިތަކަށް ކޮންޓްރެކްޓް ދިނުމާއި ވަޒީފާ ދިނުން ފަދަ ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ކުރަމުން ކަމަށްވެ އެވެ.
ފުޅި ބައްތި ދިއްލައި ގެން އުޅެން ޖެހޭނީ. ތާޖު މަހަލް ގަވެސް ކުރީޒަމާނުގަ ދިއްލާފަހުރީ ފުޅި ބައްތި. ސަޅި ވާނެ.
މިވެރިކަމުގައި ފެނަކައަށް އެއްވެސް އިންޖީނުގެއެއް ނޭޅޭނެ. އެޅޭނީ ޚިޔާލީ އިންޖީނުގެ. މީހުންގެ ލޯލަކަކަށް ނުފެންނާނެ
ޢިމާރާތް ރީތިވީމަ އިންޖީނުގެ ހޮޅިތަކުން ދުމެއް ނާރާނެތަ