ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ އާއި އަކްޝޭ ކުމާރުގެ 1994 ތެރޭގައި މަޝްހޫރުކަމެއް ލިބިގެންދިޔަ ލަވަ "ޗުރާކެ ދިލްމެރާ ގޮރިއާ ޗަލީ" ގެ ރީމިކްސް ނެރެފި އެވެ.

މިލަވާގެ ރީމިކްސެއް ހިމެނިފައި ވަނީ ޝިލްޕާ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެކްޓިންއަށް އެނބުރި އައި ފިލްމު "ހަންގާމާ 2" ގައި ހިމެނޭ ލަވަތަކުގެ ތެރެއިންނެވެ.

މި ފަހަރު ލަވަ ގެނެސްދީފައި ވަނީ ކުރީގެ ލަވައާ މުޅިން ތަފާތުކޮށް ގިނަ ބަޔަކު ހިމެނޭ ގޮތަށް ވަރަށް ފޯރި ގަދަ ނެށުންތަކާ އެކީގަ އެވެ. "ޗުރާކެ ދިލްމެރާ ގޮރިއާ ޗަލީ" ރީމިކްސްއިން ޝިލްޕާއާއެކު ފެނިގެންދަނީ މީޒާން ޖެފްރީ އެވެ.

https://www.youtube.com/watch?v=Af5Dw0hciIk&t=1s

"ހަންގާމާ 2" މިމަހުގެ 23ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ރިލީޒް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޕްރިޔަދަރުޝަން ޑައިރެެކްޓްކުރި "ހަންގާމާ 2" ގެ ކާސްޓްގައި ޝިލްޕާއާ އެކު ޕަރޭޝް ރާވަލް، މީޒާން ޖެފްރީ އަދި ޕްރަނީތާ ސުބާޝް ހިމެނެ އެވެ.