ފިރިހެނުން އަންހެނުން ދައްކާ ވާހަކަ އަޑު ނާހާ ވާހަކައަކީ ވަރަށް އާއްމުކޮށް އިވޭ ވާހަކަ އެވެ. ހާއްސަކޮށް ދެމަފިރިންގެ ދެމެދުގައި މި ޝަކުވާއަކީ ވަރަށް ގިނައިން އިވޭ ޝަކުވާއެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި ފިރިހެނުން އަންހެނުންގެ ވާހަކަތައް އަޑުނާހާ ގިނަ ސަބަބުތަކެއް ހުރެ އެވެ. އޭގެ ތެރެއިން ބައެއް ސަބަބުތައް ތިރީގައި ފާހަގަ ކޮށްލާނަމެވެ.

އަންހެނުންގެ ބޭނުންތައް ނޭނގުން

އަންހެނުންގެ ވާހަކަތަކަކީ އާއްމުކޮށް އޭގެ ޖަޒުބާތުގެ އަސަރު ހިމެނޭ ވާހަކަ ތެކެކެވެ. ނަމަވެސް ޖަޒުބާތީ ވާހަކަތަކަކީ ފިރިހެނުންނަށް ދައްކަން އުނދަގޫ ވާހަކަތަކަކަށް ވުމާއެކު އެ ވާހަކަތައް އަޑު އަހަން ފިރިހެނުންނަށް ދަތިވެ އެވެ.

އަންހެނުންނާ އެއްބަސް ވާންޖެހުން

ކަމެއްގައި މަޝްވަރާ ކުރިއަސް ނުވަތަ ވާހަކައެއް ދެކެވުނަސް އަންހެނުންގެ ބަސް ގަދަވާ ވާހަކައަކީ ވަރަށް ގިނައިން އިވޭ ވާހަކައެކެވެ. ކަންކަމުގައި އަންހެނުންގެ ބަހާއި އެއްބަސްވާން ޖެހުމަކީ ވެސް ފިރިހެނުން އަންހެނުންނާއި ވާހަކަ ދެއްކުމުން ދުރުވާ ކަމެކެވެ.

މާގިނައިން ވާހަކަ ދެއްކުން

އަންހެނުންނަކީ ވާހަކަ ދައްކަން ފަށައިފި ނަމަ އެއްފަހަރާ ގިނަ ވާހަކަތަކެއް ދައްކާ ބައެކެވެ. އެކި މައުޟޫއުތަކަށް އެކި ވާހަކަ ދައްކާއިރު ފިރިހެނުންނަށް އެއްފަހަރާ އެހާ ގިނައިން ވާހަކަ ދެއްކުމަކީ އުނދަގޫ ކަމެކެވެ.

އަންހެނުންނާއި ފިރިހެނުންނަކީ އުފެދުމުގައި ވެސް ތަބައީ ގޮތުން ތަފާތު ބަޔަކަށްވުމާއެކު ދެ ޖިންސުއެކުގައި މުއާމަލާތްކޮށް އުޅުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. މި ގޮންޖެހުންތަކުން އަރައިގަނެވޭނީ އެކަކު އަނެކަނުގެ އިހްސާސްތައް ދެނެގަނެގެން ނެވެ.