ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ރޭ ބޭއްވީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް ރޭ ވަނީ ރިޔާސީ ގަނޑުވަރު، މުލީއާގޭގައި ރައީސް ސޯލިހާ ތިން ގަޑިއިރު ވަންދެން ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމަށްފަހު އާޒިމް ވިދާޅުވީ ރައީސް ސޯލިހާ ދެބޭފުޅުން މަޝްވަރާ ކުރެއްވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ އެހެން އިދާރާތަކުގެ މަސައްކަތް ހަރުދަނާ ވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް މީގެކުރިން ފާހަގަވެގެން ގޮސްފައި ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީއަކުން ނެރުނު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތްހިސާބުން ފެށިގެން އޭނާ އަންނަނީ ސަރުކާރަށް ތާއީދު ކުރާކަން ހާމަކުރައްވަމުންނެވެ.
އެގޮތުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ގޮވާލައި ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ވެސް އޭނާ ދެކޮޅު ހެއްދެވިއެވެ.
އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާނުކޮށް އެފަދަ ގަރާރެއް ހުށަހެޅިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
މާ އަވަހަށް ބަރުދަން ލުއިވުމުގެ ނުރައްކާ ވަރަށް ބޮޑު!
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!
ދުނިޔެއިން ވަކިވެގެންދާނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި:ނަޝީދު

ކާމިއާބު ވާނެ ނޫން ތިހިރީ ބޮޑު ޙިޔާނާތުން ސަލާމައްވެފަ ވިއްޔާ