ސައޫދީ އަރަބިއާގެ ޒުވާނުންތަކެއް މަޖަލަކަށް ހެދި ޕްރޭންކް ވީޑިއޯތަކެއްގެ މައްސަލަ ގޯސްވެ، އެންމެ ފަހުން ފުލުހުން އެ ޒުވާނުން ހައްޔަރުކޮށްފި އެވެ.
ރިޔާދު ޕޮލިސްގެ ތަރުޖަމާނަކު ވިދާޅުވީ ބިރުވެރި ސިފައަކަށްހުރި ގޮރިއްލާ މާސްކުތަކެއް އަޅައިގެން އާއްމު ތަންތަނުގައި މީހުންނަށް ފުރައްސާރަކޮށް ވީޑިއޯ ކުރަމުންދިޔަ ހަތަރު ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުގައި މި ޒުވާނުން ގޮރިއްލާ މާސްކުތައް އަޅައިގެން އާއްމު ތަންތަނުގައި މީހުން ފަހަތުން ދުވެ ބިރުދައްކާ މަންޒަރު ފެނެ އެވެ.
މި ޒުވާނުންގެ ފުރިހަމަ ވަނަވަރު ފުލުހުން އާއްމު ކޮށްފައިނުވި ނަމަވެސް އެ މީހުންނަކީ ވިހި ނުވަތަ ތިރީހުގެ އަހަރުތަކުގައި އުޅޭ ޒުވާނުންތަކެއް ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.
އާއްމު ތަންތަނުގައި ރައްޔިތުންނަށް ފުރައްސާރަ ކުރަމުން ދިޔަ ބަޔަކު ހުއްޓުވައި އެމީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ޕަބްލިކް ޕްރޮސިކިއުޝަންއަށް ފޮނުވާފައިވާ ކަމަށް ވެސް އެ މީޑިއާއިން ބުންޏެވެ.

ރޯދަ މަހު ފޮނި ކެއުންތަކުން ދުރުވާނެ ދެތިން ގޮތެއް!
ޑްރަގް ހުރި 63 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި
އެމްޑީޕީން އިންތިހާބާ ގުޅޭ ކަންބޮޑުވުން އީސީއާ ހިއްސާކޮށްފި