މާދަމާއިން ފެށިގެން ހަފުތާއަކު ކޮންމެ ދުވަހަކު ކައިވެނިކޮށްދޭނެކަމަށް ފެމިލީ ކޯޓުން މިއަދު ބުނެފިއެވެ.
ފެމިލީ ކޯޓުން ބުނީ އެ ކޯޓުން ކައިވެނިކޮށްދޭ ދުވަސްތަކާއި، ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށާއި، މާދަމާއިން ފެށިގެން ހަފުތާއަކު ކޮންމެ ދުވަހަކު ވެސް ކައިވެނިކޮށްދޭނެ ކަމަށެވެ.
އެ ގޮތުން ރަސްމީ ގަޑީގައްޔާއި، ނުރަސްމީ ގަޑީގައި ވެސް އޮންލައިންކޮށް ކައިވެނިކޮށްދޭނެ ކަމަށް އެ ކޯޓުން ބުންޏެވެ. އަދި ކޯޓަށް ހާޒިރުވެގެން ކައިވެނި ކުރަން ބޭނުންވާ މީހުންނަށް އެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް ވެސް ފެމެލީ ކޯޓުން ބުންޏެވެ.
ކޯޓުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ރަސްމީ ގަޑިއަކީ ހެނދުނު 08:00 އިން މެންދުރުފަހު 13:30 އަށެވެ. އަދި ނުރަސްމީ ގަޑިއަކީ ހަވީރު 16:00 އިން ރޭގަނޑު 21:00 އެވެ.
ކޮވިޑާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމާއެކު މީގެކުރިން ކައިވެނިކޮށްދެމުން ދިޔައީ އޮންލައިންކޮށެވެ.
އައިއޭއީއޭއަށް އީރާން: ތިޔައީ ވަރަށް ޒިންމާދާރުކަން ކުޑަބައެއް!
ހޮރްމުޒް ނުހުޅުވުނަސް ހަނގުރާމަ ހުއްޓާލަން ތައްޔާރު: ޓްރަމްޕް
އުމުރާއެކު އިންސާނާގެ އަޑަށް ބަދަލު އަންނަނީ ކީއްވެ؟
