ހަންސަލް މެހެތާ ޑައިރެކްޓުކުރާ ފިލްމު "ފަރާޒް" އިން ބޮލީވުޑަށް ނުކުތުމަށް ޝަޝީ ކަޕޫރުގެ ކާފަ ދަރިފުޅު ޒަހާން ކަޕޫރު ތައްޔާރުވެއްޖެ އެވެ.

ޒަހާން ކަޕޫރު ބޮލީވުޑްގެ ފުރަތަމަ ފިލްމު "ފަރާޒް" ބިނާކޮށްފައި ވަނީ 2016 ވަނަ އަހަރު ޑާކާގެ "ހޮލޭ އާޓިސަން ބޭކަރީ" އަށް ދިން ބިރުވެރި ޓެރަރިސްޓު ހަމަލާއަށެވެ.

ފިލްމުގައި ދައްކުވާދީފައި ވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު ކެފޭގައި 12 ގަޑިއިރު ވަންދެން 50 މީހުން ހޮސްޓޭޖްސްގެ ގޮތުގައި ބޭތިއްބި ގޮތުގެ ވާހަކަ އެވެ.

https://www.instagram.com/p/CSKIL58jbTQ/

މިމަހުގެ ހަތަރު ވަނަ ދުވަހު "ފަރާޒް"ގެ ފުރަތަމަ ލުކް ދައްކާލާފައިވާއިރު މި ފިލްމުގައި ޕަރޭޝް ރަވަލްގެ ދަރިފުޅު އަދިތްޔަ ރަވަލް ވެސް ފެނިގެންދާނެ އެވެ.

ޒަހާން އާ ޝަޝީ ކަޕޫރް

ފިލްމު އުފެއްދި ފަރާތް ކަމަށްވާ ހަންސަލް މެހެތާ ދިން އިއްޓަވިއުއްގައި ބުނެފައި ވަނީ " ފަރާޒް އަކީ އޭނާއާ ޒާތީ ގޮތުން ގުޅުންހުރި ވާހަކައެއް ކަމަށާ ތިންއަހަރު ވަންދެން ހިތުގައި ބާއްވާފަ އޮތް ކަމެއް. އަނިޔާވެރިކަމުގެ މައްޗައް ކާމިޔާބު ހޯދާ އިންސާނިއްޔަތު ކަމުގެ ވާހަކަ އެއް ފަރާޒް އަކީ" އެވެ.