މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ޖުމްލަ އަދަދު 17.37 މިލިއަން ރުފިޔާއަށް އަރައިފި އެވެ.
މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު 44.2 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 12.04 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ ޖުލައި މަހު އެ އަދަދު ވަނީ 17.36 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މުދަލު ޒަކާތުގެ އާމްދަނީ އިތުރުވެފައި ވާއިރު، ޖުލައި މަހުގެ ތެރޭގައި ޒަކާތު ފަންޑުން 2.80 މިލިއަން ރުފިޔާ ވަނީ އެކި ފަރާތްތަކަށް އެހީގެ ގޮތުގައި ދޫކޮށްފަ އެވެ. ޒަކާތު ހައުސްއިން ބުނި ގޮތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެގޮތުން، އެ ބަޔަށް 1.75 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، އޭގެ ތެރެއިން 1.48 މިލިއަން ރުފިޔާ ވަނީ ބޭސްފަރުވާގެ އެހީގެ ގޮތުގައި ދޫކޮށްފަ އެވެ.
ހަމައެއާއެކު ޒަރޫރީ ބޭނުންތަކަށް 115,250 ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 155,950 ރުފިޔާ ހަމަޖައްސައިދީފައިވެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ކުޑަކުދިން މެރުން އިތުރުވެއްޖެ
އަނިޔާވި ކުއްޖާގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި
އިމްރާން ހަޝްމީ ސްވައިން ފްލޫއަށް ޕޮޒިޓިވް ވެއްޖެ