މައްސަރު ކަންތަކަކީ ކޮންމެ މަހަކު އެއްފަހަރު އަންހެނުންނަށް ކުރިމަތިވާ ކަމެއް ނަމަވެސް އެކަމާ ބެހޭ ގޮތުން އެނގެންވާ ރަނގަޅު މައުލޫމާތު މަދު މީހަކަށް ނޫނީ ނޭނގޭ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ މައްސަރު ކަންތަކާ ބެހޭ ގޮތުން ކުރިން އެނގިފައި ނުވާ ބައެއް ކަންކަމަށެވެ.

ފިނިވުމުން އެކަމުގެ ވޭން ބޮޑުވޭ

ފިނި މޫސުމާއި އަންހެނުންގެ މައްސަރު ކަންތަކާ އޮތް ގުޅުން ވަރަށް ބޮޑެވެ. އެގޮތުން ފިނި މޫސުމުގައި ޕީރިއަޑްވުމުން ވާތަދު އިތުރުވެ އެކަމުގެ މުއްދަތު ވެސް އިތުރުވެ އެވެ. މީގެ އިތުރުން ފިނިބޮޑު ވާނަމަ އަވަސް އަވަހަށް މޫޑު ބަދަލުވުން ފަދަ ކަންކަން ވެސް ފެންނާނެ އެވެ.

އުމުރުގެ 10 އަހަރު އެކަމުގައި ހޭދަވޭ

އަންހެނެއްގެ އެވްރެޖް އުމުރުގެ 10 އަހަރު މައްސަރު ކަންތަކުގައި ހޭދަވެ އެވެ. އެއީ 35،000 ދުވަހެވެ. މި މުއްދަތުގެ ތެރޭގައި އެވްރެޖްކޮށް 11،000 ސެނިޓަރީ ނެޕްކިންސް އަންހެނަކަށް ބޭނުން ކުރެވިފައިވާނެ އެވެ.

އަޑާއި ވަސް ދުވުމަށް ބަދަލު އާދޭ

ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި މި ދުވަސްވަރު އަންހެނުންގެ އަޑަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އާދެ އެވެ. މީގެ އިތުރުން މި ދުވަސްވަރު ގިނަވާ ހޯމޯންސްގެ ސަބަބުން ވަސް ބެލުމުގެ ހިއްސަށް ވެސް ބަދަލު ތަކެއް އަންނަކަން ފާހަގަ ކޮށްފައިވެ އެވެ.